Ads by Farudhun

ޚަބަރު

ކޮޅުފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ކޮޅުފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 ސެޕްޓެމްބަރު 2026، 10:35

07 ސެޕްޓެމްބަރު 2026، 10:35

މ. ކޮޅުފުށީގައި ސަރުކާރުން ތަރައްޤީކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު  (އެފްއާރްސީ)ގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް  މޯލްޑިވްސް ޓްރާންސްޕީޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ކޮލަމްތައް ކޮންކްރީޓް ކުރުމުގެ މަސައްކަތް ކަމަށެވެ. 

އެ ރަށުގައި މި މަޝްރޫއުގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލަކުއަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ  ދަތުރުފުޅުގެ ތެރެއިންނެވެ.



ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ކޮޅުފުށީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަޝްރޫއަކީ،4.61  މިލިއަން ރުފިޔާއަށް 220 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން، މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރިޓް މަސައްކަތްކުރުމާއި ފުރާޅު ހަރުކުރުމާއި ދަވާދުލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، އިންޑޯ ޖިމާއި އެރޮބިކްސް އަދި އެކި ކަހަލަ ބޯޑު ގޭމްތަކާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450