Ads by Farudhun

ޚަބަރު

އެޕާޓްމަންޓްތަކާއި ގުޅޭ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އެޕާޓްމަންޓްތަކާއި ގުޅޭ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ސްކޭމް މެސެޖުތައް. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ސެޕްޓެމްބަރު 2026، 10:58

08 ސެޕްޓެމްބަރު 2026، 10:58

ހުޅުމާލެއިން ދުވަހު ކުއްޔަށާއި، މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވުމާއެކު، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ފޭކް އެކައުންޓްތައް ހަދައިގެން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ގޮތުން "Hulhumale Daily Rent Apartment" (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން އެ އިދާރާއަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

މީގެ އިތުރުން، ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުން މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަކަރާއި ހީލަތްހަދާކަން ހާމަވާ ބައެއް ކަންކަން:

  • އޮޅުވާލައިގެން އިޝްތިހާރުކުރުން
  • އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން
  • އެޑްވާންސް ފައިސާ އަތުލުން 
  • ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން
  •  ފައިސާ ލިބުމުން ރިޕްލައި ކުރުން ހުއްޓައިލުން

 

ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް:

  • ތަން ބަލައި ޔަގީންކުރުން
  • މިލްކުވެރިކަން ކަށަވަރުކުރުން
  • އަވަސްއަރުވާލައިގެން ފައިސާ ދައްކަން ބުނާ ބުނުމަށް ފާރަވެރިވުން
  • އޮންލައިން މުއާމަލާތްތަކަށް ސަމާލުވުން


މިފަދަ ސްކޭމެއްގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450