Ads by Farudhun

ޚަބަރު

14 ބިދޭސީއަކު ބަލައި ފާސްކޮށް، 2 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި

14 ބިދޭސީއަކު ބަލައި ފާސްކޮށް، 2 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ސެޕްޓެމްބަރު 2026، 10:15

08 ސެޕްޓެމްބަރު 2026، 10:15

14 ބިދޭސީއަކު ބަލައި ފާސްކޮށް، 2 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން އިއްޔެ އެކްސްގައި ކުރެވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިދާރާގެ ޓާސްކް ފޯސްއިން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގި ރެއިޑުގައި، 5 ތަނަކުން، 14 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރިއިރު، ޤަވާއިފާ ޚިލާފަށް އުޅޭ ކަމަށް ފާހަގަވި 2 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންދެވިފައި ކަމަށެވެ.



ރާއްޖޭގައި ގާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވައެވެ. މިގޮތުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް 200،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. މި ހަރަކާތަކީ ރާއްޖޭގައި ތިބި ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ހިމެނޭހެން ބަޔޮމެޓްރިކް ޑޭޓާ ނަގައި، އެމީހުންގެ ހަގީގީ ވަނަވަރު ސާފުކުރުމަށް ހިންގޭ ހާއްސަ ހަރަކާތެކެވެ.

ހަމައެއާއެކު، މި ކަމަށް ހައްލެއް ގެނައުމަށް "މައިގްރޭޝަން މޮނީޓަރިންގް އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ގެ ނަމުގައި ވެސް މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްގެ އަސާސީ ބޭނުމަކީ ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމާއެކު، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެ މީހުންނަށް ނަސޭހަތްތެރިވުމުވެ. މީގެ ދަށުން މާލެ ސަރަހައްދުގައި ފާރަވެރިވުމާއި، ގިނައިން ބިދޭސީން ޖަމާވާ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރަސްމީ އިދާރާތަކަށް މައުލޫމާތު ހިއްސާނުކޮށް ފިލައިގެން އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓްކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450