Ads by Farudhun

ޚަބަރު

އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކޮށްފި

އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކޮށްފި

އަޙްމަދު ޝަހީރު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ސެޕްޓެމްބަރު 2026، 10:59

08 ސެޕްޓެމްބަރު 2026، 10:59

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް(އެމްޓީޑީސީ)ގެ ޗެއަރމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަނުކުރައްވައިފިއެވެ.

މިކަން އިއުލާނުކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، އެމްޓީޑީސީގެ ޗެއަރމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މ.ލާލުބާޣު، އަޙްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އަޙްމަދު ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަޤާމުގައެވެ. މި މަޤާމަށް އޭނާ އައްޔަނުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ޝަހީރަކީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަންގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން، ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏެއް ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެއެވެ. 

ޝަހީރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގައި 29 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ތައުލީމީ ގޮތުން ބަލާއިރު، އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް އެޑެލައިޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޗާރލްސް ސްޓޫއާރޓް ޔުނިވަރސިޓީން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450