ޚަބަރު
ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ބ. ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރޮކް ޕްރޮފައިލިންގ މަސައްކަތްތައް ކަމަށެވެ. އަދި މަޝްރޫއަށް ބޭނުންވާ އެއްގަމުތޮށީގެ ބްލޮކްތަކުގެ އެންމެ ފަހު ޝިޕްމަންޓް މިހާރު ވަނީ ދަރަވަންސޫއަށް ގެންގޮސްފައި ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން، 30،504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، 4126 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 352 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
Project Update: Design and Build of B. Dharavandhoo Harbour Upgrade
— MTCC Plc (@MTCCPlc) September 8, 2026
The last shipment of quay wall blocks required for the project has been delivered to the project site. Rock profiling works are currently ongoing at the site.
Follow more updates at: https://t.co/RjAFCf3rnI… pic.twitter.com/4LJXcWvBu8
މީގެ އިތުރުން، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 24 މީޓަރުގެ ސަރަހަޙަދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. ހަމަ އެއާއެކު، 140 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫއަކީ، 55.48 މިލިއަން ރުފިޔާއަށް ސަރުކާރުގެ ޚަރަދުގައި ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.