Ads by Farudhun

ޚަބަރު

ފިޒިއޮތެރަޕީގެ ދާއިރާއިން ފޯރުކޮށްދެވޭ ތަޢުލީމު ފުޅާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ފިޒިއޮތެރަޕީގެ ދާއިރާއިން ފޯރުކޮށްދެވޭ ތަޢުލީމު ފުޅާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރެއްވުން.. ފޮޓޯ: އެމްއެންޔޫ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ސެޕްޓެމްބަރު 2026، 02:49

08 ސެޕްޓެމްބަރު 2026، 02:49

ދިވެހިރާއްޖޭގެ ފިޒިއޮތެރަޕީގެ ދާއިރާ ކުރިއަރުވައި، ފެންވަރު ރަނގަޅު ތަޢުލީމާއި ދެމެހެއްޓެނިވި ގުޅުންތައް ޤާއިމުކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައި ވަނީ، ބައިނަލްއަޤްވާމީ ފިޒިއޮތެރަޕީ ދުވަހާއި ގުޅުވައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމަކީ، ރާއްޖޭގައި ފިޒިއޮތެރަޕީ އަދި ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. 

މިއީ ދިވެހިރާއްޖޭގައި އުމުރުން ދުވަސްވީ މީހުން ގިނަވަމުންދިއުމާއި ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޞިއްޙީ ދާއިރާގައި ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން ޚިދުމަތްތަކުގެ ބޭނުންތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ވެވުނު އެއްބަސްވުމެއްކަން އެމްއެންޔޫއިން ފާހަގަކުރައްވައެވެ.



ހަމައެއާއެކު، ފިޒިއޮތެރަޕީއަކީ ހަމައެކަނި ބަލިމީހުންގެ ހާލަތު ރަނގަޅުކުރުމަށް ދެވޭ ފަރުވާއެއް ނޫންކަމަށާއި، ބަލިތަކުން ދުރުހެލިވުމަށާއި، ޖިސްމާނީ ދުޅަހެޔޮކަމާއި ހަރަކާތްތެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓުމަށްޓަކައި ލާޒިމު ޚިދުމަތެއްކަން ވެސް އެމްއެންޔޫއިން ވަނީ ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ޒަރީޢާއިން އެމްއެންޔޫ އަދި ފިޒިއޮތެރަޕީ އެސޯސިއޭޝަން އެކުގައި މަސައްކަތްކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމާއި ތަމްރީނު ރާއްޖޭގައި ފޯރުކޮށްދީ، މި ދާއިރާއިން ފަންނީ އަދި ޤާބިލު ދިވެހި ޒުވާނުން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން މި ދާއިރާއިން އިލްމާއި ހުނަރު ބަދަލުކުރުމާއި ދިރާސާތައް ހިންގުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމަށް އެއްބާރުލުން ދެވޭނެކަމަށް އެމްއެންޔޫއިން ހާމަކުރެއެވެ. މިކަމުގެ ސަބަބުން، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ހޯދުމަށް ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބި، ރާއްޖޭގެ ޞިއްޙީ ނިޒާމު ލާމަރުކަޒީ އުސޫލުން ވަރުގަދަކުރުމަށް ބާރަކަށް ވެގެންދާނެކަމަށް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450