Ads by Farudhun

ޚަބަރު

ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުން: ވަޒީރު މުއްޠަލިބް

ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުން: ވަޒީރު މުއްޠަލިބް

ހުޅުމާލެ ދެވަނަ ފިޔަވަހި/ފޮޓޯ: އެމްވީ ޕްލަސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ސެޕްޓެމްބަރު 2026، 08:59

09 ސެޕްޓެމްބަރު 2026، 08:59

ހުޅުމާލެ ދެވަނަ ފިޔަވަހިން ނުއަގުގައި ބިމެއް ވިއްކާލި ކަމަށް ބުނެ ދައުރުވަމުންދާ ލިޔުންތަކަކީ، އިންސާފު ހޯދުމަށް 23 އަހަރު ވޭތުވެފައިވާ މީހަކާ ގުޅުންހުރި ކަރުދާސްތަކެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައިސާ ދެއްކުމާ ގުޅޭ އޮފީސް މެމޯއެއް ދައުރުކުރަމުން ގެންދަނީ "އެންމެ ގޯސް ގޮތުގައި" މާނަނެގޭ ގޮތަށް ކަމަށެވެ.



ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުމަކުން ފެންނަ ގޮތުގައި ހުޅުމާލޭގެ ފޭސް 2އިން 1،250 އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް 375 ރުފިޔާގެ ރޭޓުން ވަނީ ވިއްކައިފައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އޮފީސް މެމޯގައިވާ ގޮތުން ބިމުގެ ޖުމްލަ އަގަކީ 468,750 ރުފިޔާއެވެ.

އެ މެމޯގައިވާ ގޮތުން އެޑްވާންސަށް ދައްކަން ޖެހޭނީ 50،000 ރުފިޔާއެވެ. ބާކީ ބައި 5 އަހަރަށް ބަހާލާފައިވާ ކަމަށް ވެސް އޭގައިވެއެވެ. މިހާރު ހުޅުމާލޭގައި ބިމުގެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 4،500 ރުފިޔާ ކަމަށާއި، ބީޗްފްރަންޓް ސަރަޙައްދުތަކުގައި މި އަގު 10،000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ސޯޝަލް މީޑިއާގައި އާއްމުވި ޕޯސްޓުގައިވެއެވެ.

މިކަމާއި ގުޅިގެން ވަޒީރު އިތުރަށް ވިދާޅުވީ، ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން، އިންސާފު ނުލިބި، އެކަމަށް ވަކާލަތުކުރަމުން އަންނަތާ 23 އަހަރު ހޭދަކޮށްފައިވާ އުމުރުން ދުވަސްވީ މީހަކަށް ގެއްލުންވަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އެ ވުޒާރާއިން ބަޔާނެއް ނެރޭނެ ކަމަށް ވެސް ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450