Ads by Farudhun

ޚަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް

ހުސެއިން އާދމަ ބިލްޑިންގ. ފޮޓޯ: ފަރުދުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ސެޕްޓެމްބަރު 2026، 08:59

09 ސެޕްޓެމްބަރު 2026، 08:59

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި  ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅޭގޮތުން ފުލުހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ  ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސެޖުތަކުގެ ތެރެއިން، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 27 ބިދޭސީއެއްގެ މައުލޫމާތާއި، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނަކާއި، ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 4 ތަނެއްގެ އިތުރުން، މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ އިދާރާއަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވީ، ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.  އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން  ކުރަމުންދާ ކަމުގެ ޔަގީންކަން ފުލުހުން ދެއްވިއެވެ.

މީގެ އިތުރުން ފުލުހުން ވަނީ އާންމު މަސްލަތަހަތާ ގުޅުންހުރި މިފަދަ ކަންކަމުގައި، ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ ނަންބަރު 93888733  އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. 

މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި  މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން  ފުލުހުން ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ގެނައި އިސްލާހުތަކާއެކު، ރަސްމީ ބޭންކް ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެފަދަ މުއާމަލާތްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450