Ads by Farudhun

ޚަބަރު

ހުޅުމާލޭގެ ސްޕާތަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 7 ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލޭގެ ސްޕާތަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 7 ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ސެޕްޓެމްބަރު 2026، 09:00

09 ސެޕްޓެމްބަރު 2026، 09:00

ހުޅުމާލޭގައި ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އިންސްޕެކްޝަނެއްގައި 7 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން އިއްޔެ އެކްސްގައި ކުރެވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިދާރާގެ ޓާސްކް ފޯސްއިން  ހިންގި އިންސްޕެކްޝަނެއްގައި 8 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، 26 ބިދޭސީއެއްގެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ޖުމްލަ 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާ، ފުލުހުންގެ ޚިދުމަތާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން ވަނީ ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.



އިމިގްރޭޝަނުން ކުރިއަށްގެންދާ މި އޮޕަރޭޝަންތަކުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، ޢާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައިފާސްކުރަމުން އަންނައިރު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ނުދީ ފޮރުވިގެން އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއްނެތި އަނބުރާ ގައުމަށް ފޮނުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450