Ads by Farudhun

ޚަބަރު

މާލެ ސަރަހައްދުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ

މާލެ ސަރަހައްދުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ

ވަޒީރު މުޙައްމަދު ސަޢީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ސެޕްޓެމްބަރު 2026، 12:46

09 ސެޕްޓެމްބަރު 2026، 12:46

މާލެ ސަރަހައްދުގައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ، އަލަށް ތަސްދީގުކުރެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަވާ މަސައްކަތް ކަމަށެވެ.

އަލަށް އެކުލަވާލެވުނު ގާނޫނާ އެކު، މާލޭ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މި ސަރަހައްދުގައި އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ކަންކަން ކަނޑައެޅޭ ވަކި ހަމަތަކެއްގެ ދަށުން ކޮންޓްރޯލް ކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މިއީ ވެހިކަލް ރަޖިސްޓްރީ ކުރުން ހުއްޓާލުން ނޫން ކަމަށާއި، ބޭނުމަކީ ކަނޑައެޅޭ ހާއްސަ އުސޫލުތަކަކާ އެއްގޮތަށް މި ނިޒާމު ތަރުތީބުކޮށް ހިންގުން ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

"މުޅި މާލެ އެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ އެންމެ ވަރުގަދަ އެއް މަސައްކަތް. މި މަސައްކަތް ބޭރުގެ އެހީ ހޯދައިގެން ނަމަވެސް ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރުމަށްޓަކައި މީގައި ކަނޑައަޅާފައި އޮތް އެއް އޭރިއާއަކީ،"

ވަޒީރު ވިދާޅުވިއެވެ.

ބޭރުގެ އެހީތެރިކަން ހޯދައިގެން ނަމަވެސް، ލަސްނުކޮށް މި ވަސީލަތް ގާއިމުކޮށް ނިންމުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު ލަނޑުދަނޑިއެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސެންޓަރު ގާއިމުކުރެވުމުން މަގުމަތީގެ ހާލަތު ވަގުތުން ބެލުމުގެ ފުރުސަތު ފުލުހުންނަށް ލިބި، ޓްރެފިކް ތޮއްޖެހޭ ވަގުތުތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުރުފަތުރުގެ މިސްރާބު ފަސޭހަކަމާއެކު ބަދަލުކޮށްލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ފުރިހަމައަށް ބަދަލުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ވެރިރަށް މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މާލޭގެ މަގުތައް އަލުން ތަރައްގީކުރަން ފެށުމާއެކު، ދިމާވާ ޓްރެފިކްގެ ދަތިތަކަށް ވެސް ޒަމާނާ އެކަށޭނަ ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މާލޭގެ ހުރިހައި މަގެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހަދަން އެ ފަށަނީ ޗައިނާ ސަރުކާރުގެ އެހީގައި. ޒަމާނީ ފެންވަރަށް ހެދިގެން އަންނަ އިރުގައި ޓްރެފިކް މައްސަލަވެސް ޖެހޭނެއޭ ޒަމާނީ ފެންވަރަށް ތަރައްގީކުރަން މަސައްކަތްކުރަން. އެއީ ވިޝަންއަކީ. އެ ވިޝަން ހަގީގަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މި ގާނޫނުން މި ޖާގަ ހޯދީ މުޅި މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންއަކަށް ހަދައިގެން ނޫންގޮތަކަށް ދެން މި މައްސަލައަށް ހައްލު ހޯދަން ދަތިވާނެއޭ،"

ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު، މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ޓަކައި ނުރައްކާވާ ގޮތަށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ޖޫރިމަނާތަކެއް ތައާރަފުކުރެވިފައިވާކަން ވަޒީރު ބަޔާންކުރެއްވިއެވެ. އަދި މިފަދަ އެންމެހައި އިސްލާހީ ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ އެންމެހައި ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450