Ads by Farudhun

ޚަބަރު

އިސްލާމީ ހިދާޔަތުގައި މި ދެމިތިބެވެނީ ދިވެހީންގެ އަޤީދާގެ ސަބަބުން: ޝައިހް ފަޙްމީދީދީ

އިސްލާމީ ހިދާޔަތުގައި މި ދެމިތިބެވެނީ ދިވެހީންގެ އަޤީދާގެ ސަބަބުން: ޝައިހް ފަޙްމީދީދީ

ސްޓެލްކޯގައި އޮތް ހާއްސަ ރަސްމިއްތާޔެއްގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2026، 09:18

09 ސެޕްޓެމްބަރު 2026، 09:18

ވޭތުވެދިޔަ ނުވަސަތޭކައެއްހާ އަހަރު ދިވެހިރާއްޖެ އިސްލާމީ މަތިވެރި ހިދާޔަތުގައި ސާބިތުވެ އޮތުމުގެ އެންމެ މައިގަނޑު ސަބަބަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ވަރުގަދަ އިސްލާމީ އަޤީދާ ކަމުގައި ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙުމަދު ފަޙުމީދީދީ ވިދާޅުވެއްޖެއެވެ.

ޝައިޚް ފަޙުމީ މިފަދައިން ވިދާޅުވީ މިއަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހިންގުމަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު ދެއްވުމަށް ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝައިޚް ފާހަގަކުރެއްވި ގޮތުގައި، ދިވެހި އުންމަތް އިސްލާމްދީނުގައި ދެމިއޮތުމަށް ދިން އަހައްމިއްޔަތުކަމުގެ އިތުރުން، އެކި ދުވަސްވަރު ޤައުމުގެ އިސްތިޤުލާލަށާއި ދީނަށް އައި ނުރައްކާތަކުން ޤައުމު ސަލާމަތްކުރުމަށް ކާބަފައިން ވަނީ ފާހަގަކޮށްލެވޭ ފަދަ މަތިވެރި ޤުރުބާނީތަކެއް ވެފައެވެ. އެގޮތުން، އިސްވެދިޔަ ކާބަފައިން ކެތްތެރިކަމާއެކު މާތް ﷲ ގެ ހަޟްރަތުން ވާގިހޯދައިގެން، ބުއްދިވެރިކަމާއެކު ކުރެއްވި މަސައްކަތްތަކަށް މާތް ﷲ ގެ ނަޞްރާއި ވާގިވެރިކަން ލިބިގެންދިޔައީ، އެކަލާނގެ ދީނަށް ނަޞްރުދޭ މީހަކަށް ނަޞްރު ދެއްވާނެކަމަށް އޮންނަ އިލާހީ ވަޢުދުގެ ދަށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ތާރީޚުގައި އިސްލާމްދީނާ ދެކޮޅަށް ހިންގުނު އެކިއެކި ކަންކަން ފޭލިވެގެންދިޔަ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝައިޚް ވިދާޅުވީ، އިސްލާމްދީނަކީ އިންސާނާގެ ސަލާމަތް ބުއްދި ފަސޭހަކަމާއެކު ބަލައިގަންނަ، އޮޅުންބޮޅުމެއް ނެތް ސާފު ޙުކުމްތަކެއް އެކުލެވޭ ދީނަކަށް ވުމަކީ މީގެ މައިގަނޑު ސިއްރު ކަމަށެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިންނާއި ވެރިންގެ ފަރާތްޕުޅުން އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށް އަޅުއްވާފައިވާ ވަރުގަދަ ފިޔަވަޅުތަކަކީވެސް މިކަމަށް މަގުފަހިވި މުހިންމު ކަމެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދީނީ ވަޙްދަތު ޒަމާންތަކަކަށް ދެމިގެންދިޔުމުގެ އެންމެ ބޮޑު އެއް ބާރަކީ ޤައުމުގެ ތަޢުލީމީ ނިޒާމާއި އާއިލީ ތަރުބިއްޔަތު ކަމުގައިވެސް ޝައިޚް ވިދާޅުވިއެވެ. އެގޮތުން، ތަޢުލީމީ މުއައްސަސާތަކުގައާއި ގޭތެރޭގެ މާޙައުލުން ފެށިގެން، ކުޑަކުދިންނަށް ދީނުގެ އަސާސްތަކާއި، ނަމާދާއި، ޠަހާރަތުގެ ޙުކުމްތައް އުނގަންނައިދިނުމުގެ އިތުރުން ޢަރަބި އަކުރުތަކާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ދެވިފައިވާ ޚާއްޞަ އިސްކަމަކީ މި ބިންގާ ބަދަހިކޮށްދިން މައިގަނޑު އަސާސް ކަމަށް ވިދާޅުވިއެވެ.

ޝައިޚް އަޙުމަދު ފަޙުމީދީދީގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޒަމާނީ ދުނިޔޭގައި ފެތުރެމުންދާ ފިކުރީ ގޮންޖެހުންތަކުން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށްޓަކައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއެކު، މާތް ﷲ ގެ އިރާދަފުޅުން ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިސްލާމީ ހިދާޔަތުގެ ސީދާ މަގުގައި ސާބިތުކަމާއެކު ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450