ކުޅިވަރު

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާނީ މުންސިފް އަދި އީޝަލް

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާނީ މުންސިފް އަދި އީޝަލް

އެތުލީޓުންނާ ދިދަ ހަވާލުކުރުން / ފޮޓޯ: ޔޫތު މިނިސްޓްރީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ސެޕްޓެމްބަރު 2026، 10:24

09 ސެޕްޓެމްބަރު 2026، 10:24

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހިރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ގައުމީ ދިދަ އުފުލާލުމުގެ ޝަރަފު، ރާއްޖޭގެ ކުޅަދާނަ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި، ޝޫޓިންގް އިން ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައިދީފައިވާ އުއްމީދީ ތަރި މަރިޔަމް އީޝަލް މިސްބާހުއަށް ދީފިއެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސް ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކި ކުޅިވަރުތަކުގެ އެތުލީޓުން އެކި ސަރަހައްދުތަކުގައި ތިބޭ ގޮތަށް ހަމަޖެހިފައިވާތީ، މި ގޭމްސްގައި ދިވެހި ދިދަ އުފުލާލާނެ ކުޅުންތެރިން އިއުލާނުކޮށް ރަސްމީކޮށް ދިދަ ހަވާލުކުރުމަށް މިއަދު ހަވީރު 'މީރުމާ' ގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ހަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯ އާއި، ޖަޕާން އެމްބަސީގެ އިސް އޮފިޝަލުންނާއި، ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ގައުމީ އެތުލީޓުން ވެސް މި ހަފްލާގައި ބައިވެރިވިއެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއިން ޖުމްލަ 7 ކުޅިވަރެއްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންއެވެ. މީގެ ތެރެއިން ސާފިންއަކީ ރާއްޖެއަށް ކޮލިފައިވެގެން ލިބުނު ދެ ޖާގައެކެވެ.

މި ހަފްލާގައި، ކުރިއަށް އޮތް ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން ވެސް ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ދީފައިވަނީ އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެ ފެތުންތެރިން ކަމަށްވާ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އަދި ލޫތު މުހައްމަދު ހުސައިން އަށެވެ. ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަނީ ހަމައެކަނި ފެތުމުގެ އިވެންޓުތަކުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450