Ads by Farudhun

ޚަބަރު

މަޝްރޫއުތަކަށް އެހީ ހޯދުމަށް އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

މަޝްރޫއުތަކަށް އެހީ ހޯދުމަށް އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މާލީ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ސެޕްޓެމްބަރު 2026، 08:05

10 ސެޕްޓެމްބަރު 2026، 08:05

ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާއެކު މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ކުރިއަށްގެންދެވި މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އޭޑީއެފްޑީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ފަށަން ގަސްތުކުރާ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ހުރި ފުރުޞަތުތަކާއި، ރާއްޖޭގެ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. 

މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ އޭޑީއެފްޑީއިން މެދުކެނޑުމެއްނެތް ރާއްޖެއަށް ދެމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަމަށް ޓަކައި އެ ފަންޑަށް ޝުކުރު އަދާކުރައްވާފައެވެ.



ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ވަޒީރު ހަސަން ޒަރީރު އަބޫދާބީ ފަންޑާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދާދި ފަހުން އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި، ކުރިއަށްގެންދެވޭނެ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

އަބޫދާބީ ފަންޑަކީ 1976 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ރާއްޖޭގެ ތަރައްގީގައި އެއްބާރުލުން ދެމުން އަންނަ ބައިވެރިއެކެވެ. ހާއްސަގޮތެއްގައި ރާއްޖޭގެ އިންފްރާސްޓްރަކްޗާ އަދި އިގުތިސާދު ކުރިއެރުވުމަށް ހިންގާ ގިނަ ކަންކަމުގައި އެ ފަންޑުގެ އެހީތެރިކަން އަބަދުވެސް ލިބެމުންދެއެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރު ޓާމިނަލް އެޅުމަށާއި، އިޔާދަކުރަނިވި ހަކަތައިގެ އެކި ޕްރޮޖެކްޓުތަކަށް އެ ފަރާތުން ދެއްވި މާލީ އެހީތެރިކަން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450