Ads by Farudhun

ޚަބަރު

ހުޅުމާލޭގައި އެމްއެމްއޭގެ އައު އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި އެމްއެމްއޭގެ އައު އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

އެމްއެމްއޭ. ފޮޓޯ: އެޑިޝަން އެމްވީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ސެޕްޓެމްބަރު 2026، 10:11

10 ސެޕްޓެމްބަރު 2026، 10:11

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އައު އޮފީސް އިމާރާތް ބިނާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި ހުޅުމާލޭގައި މި އައު އިމާރާތް ބިނާކުރަން ނިންމީ ދައުލަތުގެ ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޭންކުތަކަށް ފައިސާ އުފުލުމާއި ބެލެހެއްޓުމުގައި ބޭނުންވާ ސަލާމަތީ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އެޅުމަށް އެކަށޭނަ ޖާގަ ހޯދުމުގެ މަޤްޞަދުގައެވެ.

ޖުމްލަ 8،064 އަކަމީޓަރުގެ ބިމެއްގައި އަޅާ މި އިމާރާތުގައި އިދާރީ މަސައްކަތްތަކަށް ޚާއްޞަ ޖާގައިގެ އިތުރުން ފައިސާ ރައްކާކުރުމާއި ގެންގުޅުމަށް ޚާއްޞަ ބައިތަކާއި، ތަމްރީނު ދިނުމަށާއި ކޮންފަރެންސްތަކަށް ޚާއްޞަ ހޯލެއް ހިމެނޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ އިތުރުން މާލީ ދާއިރާގެ އެހެން އިދާރާތަކަށް ދޫކުރާ އޮފީސް ޔުނިޓުތަކެއްވެސް މިތަނުގައި ހުންނާނެއެވެ.

އެމްއެމްއޭގެ ބަޔާނުގައި ވާގޮތުން، ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން ހިންގާ މި މަޝްރޫޢުގެ ޚަރަދުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރެއް ހަމަޖައްސަންޖެހޭނީ މަސައްކަތާ ޙަވާލުވާ ކޮންޓްރެކްޓަރެވެ. އަދި ބާކީވާ މިންވަރު އެމްއެމްއޭގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ.

މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު (އީއޯއައި) އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450