Ads by Farudhun

ޚަބަރު

ގްރީން އިންޑަސްޓްރީއާ ބެހޭ ބައިނަލްއަޤްވާމީ ސެމިނާރގައި ރާއްޖެއިން ބައިވެރިވެއްޖެ

ގްރީން އިންޑަސްޓްރީއާ ބެހޭ ބައިނަލްއަޤްވާމީ ސެމިނާރގައި ރާއްޖެއިން ބައިވެރިވެއްޖެ

މި ސެމިނާގެ ތެރެއިން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ސެޕްޓެމްބަރު 2026، 10:34

12 ސެޕްޓެމްބަރު 2026، 10:34

ޗައިނާގެ ބެއިޖިންގގައި ކުރިއަށްދާ "ސެކަންޑް ސެމިނާރ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ގްރީން އިންޑަސްޓްރީ" ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ވަފުދަކުން ބައިވެރިވެއްޖެއެވެ.

ޗައިނާގެ ޝަންގްހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ފްރޭމްވޯކްގެ ދަށުން އޮގަސްޓް މަހުގެ 8 އިން 18 ގެ ނިޔަލަށް ބާއްވާ މި ސެމިނާރުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ.



މި ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ނިޒާމް ވަނީ ފެށުމުގެ ބަސް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ތިމާވެއްޓާ ރައްޓެހި ފެހި ޞިނާޢަތްތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ސެކަންޑް ސެމިނާރ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ގްރީން އިންޑަސްޓްރީ" އަކީ ޝަންގްހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (SCO) ގެ ދަށުން ފެހި ޞިނާޢަތްތައް ކުރިއެރުވުމަށް އުފައްދާފައިވާ ޕްލެޓްފޯމެއްގެ ދަށުން، ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން (NDRC) އިން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

ބެއިޖިންގގައި ކުރިއަށްދާ މި 10 ދުވަހުގެ ސެމިނާރގެ މައިގަނޑު މަޤްޞަދަކީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ފެހި ޓެކްނޮލޮޖީއާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450