ދުނިޔެ

އިސްރާއީލުން ގެދޮރާއި ސްކޫލްތައް ތަޅާލަމުންދާތީ ކިޔެވުމަށް ބޮޑެތި ހުރަސްތަކެއް

އިސްރާއީލުން ގެދޮރާއި ސްކޫލްތައް ތަޅާލަމުންދާތީ ކިޔެވުމަށް ބޮޑެތި ހުރަސްތަކެއް

ފަލަސްޠީނުގެ ހުޅަނގުއައްސޭރީގެ އަވަށެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2026، 02:52

12 ސެޕްޓެމްބަރު 2026، 02:52

ހުޅަނގު އައްސޭރީގެ މަސާފިރު ޔައްތާގެ ގޯތި ގެދޮރާއި ސްކޫލްތައް އިސްރާއިލުން ތަޅައި ސުންނާފަތިކުރަމުންދާތީ އެ ސަރަހައްދުގެ ކުދިންގެ ތައުލީމު އުގެނުމުގެ ހައްޤަށް ހުރަސްއެޅެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އެގޮތުން ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޚިރްބަތުލް ފާޚިތުގައި ދިރިއުޅޭ އުމުރުން 12 އަހަރުގެ ސުންދުސް އަލްހަމާމްދާ، އައު ދިރާސީ އަހަރުގެ ތިންވަނަ ދުވަހު ސްކޫލް ނިންމާލުމަށްފަހު އެނބުރި ގެއަށް އައިއިރު ފެންނަން ހުރީ އޭނާގެ ގެދޮރު އެއްކޮށް ބިމާ ހަމަކޮށްފައިވާ މަންޒަރެވެ. އިސްރާއީލު ސިފައިން ވަނީ އެ އަވަށުގައި ފުޅާ ދާއިރާއެއްގައި ތަޅާލުމުގެ އޮޕަރޭޝަނެއް ހިންގައި، އާންމުންގެ ގެދޮރާއި، ގެރިބަކަރި ގެންގުޅޭ ތަންތަނާއި، ފެނުގެ ނިޒާމުގެ އިތުރުން އަވިން ހަކަތަ އުފައްދާ ވަސީލަތްތައް ހަލާކުކޮށްލާފައެވެ.

ހުޅަނގު އައްސޭރީގެ 'އޭރިއާ ސީ' ގެ ދަށުގައި އޮންނަ މަސާފިރު ޔައްތާގައި އިމާރާތް ކުރުމުގެ ހުއްދަ ނެތް ކަމަށް ބުނެ އިސްރާއީލުން މިފަދަ ތަޅާލުންތައް ހިންގާއިރު، އދ. އާއި ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި އެފަދަ ހުއްދައެއް ހޯދުމަކީ ފަލަސްތީނު މީހުންނަށް ނުހަނު ދަތި އަދި މުސްތަހީލު ކަމެކެވެ. މީގެ އިތުރުން އިސްރާއީލުން މި ސަރަހައްދު މިލިޓަރީ ފަޔަރިންގ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުން ބޭރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ނުރައްކާ މިހާރު ވަނީ ސްކޫލްތަކަށް ވެސް ކުރިމަތިވެފައެވެ. އެގޮތުން ޝަޢަބް އަލްބުތުމް ސްކޫލުގެ ބައެއް އިމާރާތްތައް މިދިޔަ އޮގަސްޓް މަހު ތަޅާލާފައިވާއިރު، މައި އިމާރާތް ތަޅާލުމުގެ އަމުރެއް ވެސް ވަނީ ނެރެފައެވެ.

މަސާފިރު ޔައްތާގެ ތަޢުލީމީ އިދާރާގެ އޮފިޝަލް އިންތިޞާރު އުމަރު އަބޫ ސަބްޙާ ވިދާޅުވި ގޮތުގައި، ޒިފް، އަލްރިފާޢިއްޔާ، އުއްމު ޤުއްސާ އަދި ޖިންބާ ފަދަ އެތައް އަވަށެއްގެ ސްކޫލްތައް ތަޅާލުމުގެ އަމުރުތައް ވަނީ ނެރެފައެވެ. "އިމޭޖިން ކޮށްލައްވާ، ކުއްޖަކު ސްކޫލަށް ގޮސް އެނބުރި އަންނައިރު ގެ ތަޅާލާފައި ހުރުން، އަދި އަނެއް ދުވަހު ސްކޫލަށް ދާއިރު ސްކޫލް ތަޅާލާފައި ހުރުން،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޗެކްޕޮއިންޓްތަކާއި މަގުތައް ބަންދުކުރުމާއި، ވަޒަންވެރިންގެ ފުރައްސާރަތަކުގެ ސަބަބުން ކިޔެވުމުގެ ޙައްޤު ހޯދުމަށް ކުދިންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ޒިފް ސެކަންޑަރީ ސްކޫލް ފޯރ ގާލްސްގެ 10 ވަނަ ގްރޭޑްގެ ދަރިވަރެއް ކަމަށްވާ ރަބީޙާ ޔޫސުފް ޖިބްރީލް ބުނީ ސްކޫލް ތަޅާލި ކަމުގައި ވިޔަސް އެމީހުން ކިޔެވުން ހުއްޓައިނުލާނެ ކަމަށެވެ. "ސްކޫލް ތަޅާލިޔަސް އަހަރެމެން ގަސްތަކުގެ ދަށުގައި ތިބެގެން ވިޔަސް ކިޔަވާނަން. އަދި ފޮތްތައް އަތުލިޔަސް، އެ ފޮތްތައް އަހަރެމެންގެ ހިތްތަކުގައާއި ސިކުނޑީގައި ރައްކާކުރާނަން،" ކަމަށް އޭނާ ބުންޏެވެ. ތަޢުލީމީ ދާއިރާގެ އޮފިޝަލުން މިހާރު ދަނީ މި މައްސަލަތަކުގައި އިސްރާއީލުގެ ކޯޓުތަކަށް އިސްތިއުނާފު ހުށަހަޅައި، އދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450