Ads by Farudhun

ޚަބަރު

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ބޭނުންވާ ބިން އައްރާޖިޙީ ކުންފުންޏާއި ހަވާލުކޮށްފި

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ބޭނުންވާ ބިން އައްރާޖިޙީ ކުންފުންޏާއި ހަވާލުކޮށްފި

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުގައި ސޮއިކުރައްވަނީ. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 ސެޕްޓެމްބަރު 2026، 12:18

13 ސެޕްޓެމްބަރު 2026، 12:18

ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ސަރުކާރުން އައްރާޖިޙީ ކުންފުންޏާއި ހަވާލުކޮށްފިއެވެ.

މި ބިން ހަވާލުކުރުމުގެ  އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ  އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އައްރާޖިޙީ ކުންފުނިން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.

މި މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައި ވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާއި ގުޅުވައިގެން މިއަދުގެ ވަގުތެއްގައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.



އެއްފަހަރާ  ގާތްގަނޑަކަށް  10,000  މީހުންނަށް މި މިސްކިތުގައި ނަމާދުކުރެވޭ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް މި ބިނާ ގާއިމްކުރާ އިރު، އެތަނުގައި އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވެސް ވަނީ ފަރުމާކުރެވިފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އަދި  މި ބިނާގައި އިމާމުންނަށާއި، އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން، ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ގާއިމުކުރެވޭނެ ކަމަށް ވުޒާރާއިން ވިދާލުވެއެވެ. އަދި ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއް ވެސް އެތަނުގައި ބިނާކުރެވޭނެ ކަމަށް އިސްލާމީކަންތައްތަކާއި  ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި މުހިންމު ބިނާއަކަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450