ދުނިޔެ

އިސްރާއީލުގެ ޔަހޫދީން ބައިތުލަޙްމަށް އަރައިގަނެ ފަލަސްތީނުގެ ކުޑަ ދެ ކުޑަކުދިން ހައްޔަރުކޮށްފި

އިސްރާއީލުގެ ޔަހޫދީން ބައިތުލަޙްމަށް އަރައިގަނެ ފަލަސްތީނުގެ ކުޑަ ދެ ކުޑަކުދިން ހައްޔަރުކޮށްފި

އިސްރާއީލުގެ ނިރުވަރިން ކުޑަ ކުއްޖަކު ހައްޔަރު ކުރަނީ - ފޮޓޯ: ދަ އަރަބް ވީކުލީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

13 ސެޕްޓެމްބަރު 2026، 01:42

13 ސެޕްޓެމްބަރު 2026، 01:42

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ނިރުބަވެރިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައިތުލަޙްމް އަދި އެ ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކަށް ރޭޑްތަކެއް ޖަހައި، ފަލަސްތީނުގެ ދެ ކުޑަކުދިން ހައްޔަރުކޮށްފިއެވެ.

ފަލަސްތީނުގެ ރަސްމީ ޚަބަރު ފަތުރާ އޭޖެންސީ 'ވަފާ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލު ނިރުބަވެރިން މިއަދު ފަތިހުގެ ވަގުތެއްގައި ބައިތުލަޙްމަށް ވަދެގަނެ، ހައްޔަރުކޮށްފައިވަނީ އުމުރުން 14 އަހަރާއި 15 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. މީގެ އިތުރުން، ބައިތުލަޙްމުގެ އިރުމަތީގައިވާ ހަތަރު އަވަށަކަށް ވެސް އިސްރާއީލު ނިރުބަވެރިން ވަދެގަނެ ބަލައިފާސްކޮށްފައިވެއެވެ. ނަމަވެސް އެ އަވަށްތަކުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ކުޑަކުދިންނަށް ޔަހޫދީ ވަޒަންވެރިންގެ ފަރާތުންނާއި އިސްރާއީލު ސިފައިންގެ ފަރާތުން ކުރިމަތިވާ އަނިޔާވެރިކަމާއި، ޤަތުލުޢާންމުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މީގެ އިތުރުން، އިސްރާއީލުގެ ބަންދުގައި ބައިތިއްބާ ކުޑަކުދިންނަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ނުދޭއިރު، އެކުދިން ތިބި ތަނެއްގެ މަޢުލޫމާތު އެކުދިންގެ ޢާއިލާތަކަށް ވެސް ހިއްސާއެއް ނުކުރެއެވެ. އދ. އިން ފާހަގަކުރާ ގޮތުގައި، ޢާއިލާއާ ވަކިކޮށް މިފަދައިން ކުދިން ބަންދުކޮށްގެން ގެންގުޅުމަކީ ގެއްލުވާލުން (އެންފޯސްޑް ޑިސްއެޕިއަރަންސް) ކަމުގައި ބެލެވިދާނެ ޢަމަލެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450