ދުނިޔެ

އިންޑޮނޭޝިޔާގައި ފަސިންޖަރު ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހުން ހޯދަން ފަށައިފި

އިންޑޮނޭޝިޔާގައި ފަސިންޖަރު ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހުން ހޯދަން ފަށައިފި

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 02:13

13 ސެޕްޓެމްބަރު 2026، 02:13

އިންޑޮނޭޝިޔާގެ ޖާވާ ކަނޑަށް ފަސިންޖަރު ބޯޓެއް އަޑިއަށް ދިޔުމާ ގުޅިގެން ގެއްލުނު 140 މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ފަށައިފިއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 103 މީހަކު މިހާތަނަށް ސަލާމަތްކުރެވިފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

ޖުމްލަ 243 މީހުންނާއެކު ދަތުރުކުރި 'ވަރގޯ ޓްރާންސްޕޯޓް 8' ނަމަކަށް ކިޔާ މި ބޯޓާއި، އޮޕަރޭޓަރުންނާއި ދެމެދު އޮތް މުވާސަލާތީ ގުޅުން ކެނޑުނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ބޯޓު ހޮނިހިރު ދުވަހު ފުރާފައިވަނީ އިރުމަތީ ޖާވާ ޕްރޮވިންސުގެ ސުރަބާޔާއިން ބޯނިއޯގެ ބަނދަރު ސިޓީއެއް ކަމަށްވާ ބަންޖަރްމަސިނަށް ދިއުމަށެވެ.

ބަންޖަރްމަސިންގެ ސަރޗް އެންޑް ރެސްކިއު އޮފީހުގެ ވެރިޔާ އައި ޕުޓޫ ސުދަޔާނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓު ދަތުރުކުރި ސަރަޙައްދުގެ މޫސުން އިންތިހާއަށް ގޯސްވުމުގެ ސަބަބުންނެވެ. މި ބޯޓު އެންމެ ފަހުން އޮތް ކަމަށް ދައްކަނީ ބަންޖަރްމަސިނާ ގާތްގަނޑަކަށް 81 ނޯޓިކަލް މޭލު (150 ކިލޯމީޓަރު) ދުރުގައެވެ.

ގެއްލުނު މީހުން ހޯދުމަށް ރެސްކިއު ބޯޓުތަކާއި ހެލިކޮޕްޓަރުތައް ބޭނުންކުރަމުންދާއިރު، އެ ސަރަޙައްދުގައި 2.5 މީޓަރު (8.2 ފޫޓު) ގެ އުސް ރާޅު ހުރުމުގެ ސަބަބުން އޮޕަރޭޝަނަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. ސުދަޔާނާ ވިދާޅުވީ "މިއީ އުޅަނދުފަހަރަށް އިންތިހާއަށް ނުރައްކާތެރި ހާލަތެއް. އަޅުގަނޑުމެންގެ 40 މީޓަރުގެ ބަސަރނަސް އުޅަނދަށް ވެސް މިކަމުގައި ބޮޑު ނުރައްކަލެއް އެބައޮތް،" ކަމަށެވެ.

އިންޑޮނޭޝިޔާގައި ކަނޑުމަތީގެ މިފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން ވޭތުވެދިޔަ މަހު ބާލީއާއި ލޮމްބޮކް ދެމެދު ދަތުރުކުރި ފެރީއެއްގައި އަލިފާން ރޯވެ އެކަކު މަރުވެ ފަސް މީހުން ގެއްލިފައިވާއިރު، ޖުލައި މަހު 70 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއް ވެސް ވަނީ އަޑިއަށް ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450