Ads by Farudhun

ޚަބަރު

ދިއްގަރުގެ ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށްފި

ދިއްގަރުގެ ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށްފި

ދިއްގަރުގެ ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމުގެ ފެންވަރު މަތިކޮށްފި

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ސެޕްޓެމްބަރު 2026، 08:55

14 ސެޕްޓެމްބަރު 2026، 08:55

މ. ދިއްގަރުގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މ. ދިއްގަރުގައި ބޭނުންކުރާ 400 ކިލޯވޯޓުގެ ޖަނަރޭޓަރުސެޓެއް އޯވަރހޯލްކޮށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވަނީ އެ ޖަނަރޭޓަރުސެޓު މެދުވެރިކޮށް ޚިދުމަތް ވެސް ދޭން ފަށާފައި ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.



ކަރަންޓުގެ ޚިދުމަތަކީ، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޚިދުމަތްކަމަށް ވާއިރު، އެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މީގެ އިތުރުން، ރަށްރަށުގައި ހުރި އިންޖޭނުގެ ތަކުގައި ބޭނުންކުރާ ޖެނެރޭޓަރުތަކުގެ ހާލަތު ބަލައި، އެ ޖެނަރޭޓަރުތައް އޯވާހޯލް ކުރުމާއި، ކަރަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ސްޓެލްކޯ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ސަރުކާރުން ވަނީ ދާދި ފަހުން ފެނަކަ އުވާލުމަށްފަހު، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކާއި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ނިމުމުން، މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ދޭނީ ސްޓެލްކޯއިން ކަމަށް ވިދާޅުވެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450