Ads by Farudhun

ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 104.4 މިލިޔަން ރުފިޔާއަށް

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 104.4 މިލިޔަން ރުފިޔާއަށް

މީހަކު މިނިސްޓްރީގެ ކައުންޓަރަކަށް ޒަކާތް ދައްކަނީ. ފޮޓޯ: މޯލްޑިވްސް ޒަކާތު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ސެޕްޓެމްބަރު 2026، 10:51

14 ސެޕްޓެމްބަރު 2026، 10:51

2026 ވަނަ އަހަރުގެ އޯގަސްޓު މަސް ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104.4 މިލިއަން ރުފިޔާ ލިބިފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން ނެރެފައިވާ މި އަހަރުގެ އޯގަސްޓް މަހުގެ މާލީ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެ މަހުގެ ތެރޭގައި ޒަކާތުގެ ގޮތުގައި ލިބުނީ 7,353,417 ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޯގަސްޓް މަހު ލިބުނު 8,510,863 ރުފިޔާއާ އަޅާކިޔާއިރު ދަށްވުމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ޖުމްލަ 104,465,702 ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 82,163.911އާ އަޅާބަލާއިރު މިއީ 27 އިންސައްތައިގެ ކުރިއެރުމެކެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ މުދަލުން ޒަކާތް ނެރުން ފަރުޟުވާ އެންމެ ދަށް މިންގަނޑެވެ. އެގޮތުން ފާއިތުވި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ނިޞާބުގެ މިންވަރަކީ 19،266.10 ރުފިޔާއެވެ. މުދަލު ޒަކާތަކީ މުދަލުގައި ނިޞާބު ހަމަވެ އެއް އަހަރު ފުރިހަމަވުމުން ކޮންމެ މުސްލިމެއްގެ މައްޗަށް އަދާކުރުން ވާޖިބުވާ ދީނީ ރުކުނެކެވެ. އަހަރުގެ ކޮންމެ ވަގުތެއްގައި ވެސް މި ޒަކާތް ދެއްކުމުގެ ފުރުޞަތު އޮވެއެވެ.

ދިވެހިރާއްޖޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ މީރާ މެދުވެރިކޮށެވެ. މީރާގެ އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުޞަތު އޮންނައިރު، ކޮންމެ ފަރުދަކު ވެސް ދައްކަންޖެހޭ ޒަކާތުގެ އަދަދު އެ އިދާރާގެ ވެބްސައިޓުން ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450