ޚަބަރު
ރޭގެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ސާޖަރީއެއް ހަދަނީ
ސިނަމާލެ ބުރިޖު.
13 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 20 އަހަރުގެ މީހާގެ ސާޖަރީއެއް ކުރިއަށްދާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ފަރުދުން މީޑިޔާއަށް މައުލޫމާތުދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރ އޮފް ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ، އަބްދުﷲ މައުރޫފް ވިދާޅުވީ، އެ މީހާއަށް ބޭނުންވާ ސާޖަރީއެއް މީހާރު ކުރިއަށްދާ ކަމަށާއި، ޕޭޝަންޓުގެ ހާލާއި ގުޅޭ ގޮތުން ސީދާ ދަންނަވަން އިނގޭނީ ސާޖަރީއަށް ފަހުގައި ކަމަށެވެ.
ސިނަމާލެ ބުރިޖު، މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 19:20 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މި އެކްސިޑެންޓްގައި ޖުމްލަ 3 މީހަކަށް އަނިޔާވެފައިވާއިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.