Ads by Farudhun

ޚަބަރު

ޤާނޫނީ ހައްލާއެކު ޑޮލަރު މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ

ޤާނޫނީ ހައްލާއެކު ޑޮލަރު މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ

ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ސެޕްޓެމްބަރު 2026، 02:57

14 ސެޕްޓެމްބަރު 2026، 02:57

ބޭރުފައިސާގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ޤާނޫނަށް ގެނައި އިސްލާޙުތަކުގެ ސަބަބުން ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހެޔޮ ބަދަލެއް އަންނާނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިފަދައިން ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީގެ އިތުރުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި އެދެވޭ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ގެނެވުނު އިސްލާހާއެކު އަޅުގަނޑު ޤަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ޤާނޫނުގައި އޮތްގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން މާރުކުރަންޖެހޭނެ." 

އޭޖީ ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނަށް ގެނައި މުހިންމު އަނެއް ބަދަލަކީ އެމްއެމްއޭގެ ރަސްމީ ރޭޓާ ޚިލާފަށް ޑޮލަރުގެ މުއާމަލާތް ކުރުމާއި، އެ އޮތޯރިޓީގެ ހުއްދައާއި ރަޖިސްޓްރޭޝަނާ ނުލައި ޑޮލަރު މާރުކުރުމަކީ ޤާނޫނީ ކުށެއް ކަމުގައި ކަނޑައެޅުމެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ބޭރު ފައިސާގެ ހުރިހާ މުއާމަލާތްތަކެއްވެސް ބޭރު ފައިސާއާ ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނުގެ އިތުރުން ބޭންކިންގ ޤާނޫނުތަކުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ބަންޑާރަ ނައިބު ވަނީ އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.

ބޭރު ފައިސާއާ ގުޅޭ ޤާނޫނަށް ގެނެވުނު އިސްލާޙާ ގުޅިގެން އެކުލަވާލި އާންމު ޤަވާއިދުގައިވާ ގޮތުން، ރިސޯޓު ވިޔަފާރިތަކަށް ކޮންމެ މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް ބަދަލުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450