ދުނިޔެ

އިސްރާއީލަށް ނުރައްކާތެރި ބޮން ވިއްކުމަށް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަނީ

އިސްރާއީލަށް ނުރައްކާތެރި ބޮން ވިއްކުމަށް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަނީ

އިސްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޣައްޒާ. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2026، 04:45

16 ސެޕްޓެމްބަރު 2026، 04:45

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ 2،000 ޕައުންޑް (907 ކިލޯގްރާމް) ގެ ބޮން ވިއްކުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ މި ބާވަތުގެ އެންމެ ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދޭ ފަހަރެވެ.

ވޮޝިންގޓަން ޕޯސްޓާއި އޭއެފްޕީ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޕެކޭޖުގެ ދަށުން 40،000 ބޮން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 20،000 އެމްކޭ-84 ބޮމާއި، ކަނޑުގެ އަސްކަރިއްޔާއަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ 20،000 ބީއެލްޔޫ-117 ބޮމުގެ އިތުރުން ބިމުގެ އަޑީގައިވާ ތަންތަނަށް ހަމަލާދިނުމަށް ބޭނުންކުރާ އައި-2000 ޕެނެޓްރޭޓަރ ވޯހެޑްތައް ހިމެނެއެވެ. މި މުއާމަލާތް ކުރިއަށް ގެންދަނީ އެމެރިކާއިން ފޯރުކޮށްދޭ ފައިސާއިން އެމެރިކާގެ ހަތިޔާރު ގަތުމަށް ހަމަޖެހިފައިވާ ފޮރިން މިލިޓަރީ ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުންނެވެ.

އެމްކޭ-84 ބޮމަކީ ހުޅަނގުގެ އަސްކަރީ މަރުކަޒުތަކުގައި ހުރި އެންމެ ގެއްލުންދެނިވި ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިއީ ބޯ ކޮންކްރީޓް ފޫއަޅުވާލުމުގެ އިތުރުން، ބޮޑެތި އިމާރާތްތައް ބިމާ ހަމަކޮށް، 35 ފޫޓު ފުން ވަޅުގަނޑުތައް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ބާރުގަދަ ހަތިޔާރެކެވެ. އިސްރާއީލުން މިފަދަ ބޮންތައް ޣައްޒާއާއި ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އެތައް ސަތޭކަ ފަހަރަކު ވަނީ ބޭނުންކޮށްފައެވެ.


މި މުއާމަލާތާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ސެނެޓަރ ކްރިސް ވެން ހޮލެން ވިދާޅުވީ، އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަނގުރާމައިގެ ކުށްވެރިއެއް އިސްވެ ހުރި ސަރުކާރަކަށް ހަތިޔާރު ފޮނުވުން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުރީގެ ކޮންގްރެސް މެންބަރު މާޖޮރީ ޓޭލަރ ގްރީންވެސް ވަނީ މައުސޫމް އެތައް ހާސް ބަޔަކު މަރަން އެމެރިކާގެ ފައިސާއާއި ހަތިޔާރު ބޭނުންކުރުމަށް އެމެރިކާގެ ރައްޔިތުން ތާއީދު ނުކުރާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ކޮންޒަވޭޓިވް ކޮމެންޓޭޓަރ ޓަކަރ ކާލްސަން މި ޕެކޭޖް ސިފަކުރެއްވީ، ޣައްޒާގެ ހަތިޔާރެއް ނެތް އާންމު ރައްޔިތުން ނައްތާލުމަށް މަސައްކަތްކުރާ އިސްރާއީލު ސަރުކާރަށް ދޭ "ހަދިޔާއެއް" ގެ ގޮތުގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އިސްރާއީލުން މިވަގުތު މިފަދަ ބޮޑު ހަތިޔާރުގެ ޑީލެއް ނިންމަން ބޭނުންވަނީ ކުރިމަގުގައި އެމެރިކާގެ އެހީތެރިކަން މިގޮތަށް ޝަރުތަކާ ނުލައި ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450