Ads by Farudhun

ޚަބަރު

ރާއްޖޭގެ އެންމެ އުތުރުން ގދ. އަތޮޅާ ހަމައަށް މޫސުމީ ހުދު ސަމާލު ނެރެފި

ރާއްޖޭގެ އެންމެ އުތުރުން ގދ. އަތޮޅާ ހަމައަށް މޫސުމީ ހުދު ސަމާލު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި ވިލިމާލެއަށް ފެރީއެއް ދަތުރުކުރަނީ / ފޮޓޯ: ސަން

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2026، 06:28

16 ސެޕްޓެމްބަރު 2026، 06:28

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސަރަޙައްދުތަކަށް ނެރުނު ހުދު ސަމާލު މިރޭގެ 11:00 އާ ހަމައަށް ދެމިއޮންނާނެއެވެ. އަދި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.



މޫސުން ގޯސްވުމާ ގުޅިގެން، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު މެނުވީ ދަތުރު ނުފެށުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމުތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯއާއި، އެތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ކޯސްޓުގާޑުން ފާހަގަކުރެއެވެ. މީގެއިތުރުން، ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ދަތުރުކުރާ އެންމެހައި ފަރާތްތަކުން ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.

މުދާ އުފުލާ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، އެކަށީގެންވާ ވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށާއި، އުޅަނދުގައި ހުންނަ މުދާތައް ރަނގަޅަށް ލައިސަންލައި ބަނދެ، ރައްކާތެރިކޮށްފައި ބެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.

ހަމައެއާއެކު، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތައް ދޭ ފަރާތްތަކުންވެސް މި ދުވަސްވަރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އެދިފައެވެ. އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު (ޔެލޯ ނުވަތަ އޮރެންޖު އެލާޓް) ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ފަރާތަކުން ކަނޑުދަތުރު ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅުއްވައި އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450