ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވަން އެމެރިކާގެ މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވަން އެމެރިކާގެ މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި

އެމެރިކާގެ މަޖިލިސް. ފޮޓޯ: އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2026، 12:46

17 ސެޕްޓެމްބަރު 2026، 12:46

އެމެރިކާގެ ކޮންގްރެސްގެ ހުއްދައަކާ ނުލައި ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމުގެ ބާރު ހަނިކުރުމަށްޓަކައި، ހަނގުރާމަ ހުއްޓުވުމާ ގުޅޭ ޤަރާރެއް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ނެގުނު މި ވޯޓު ފާސްވެފައިވަނީ 204 ވޯޓާ ދެކޮޅަށް 220 ވޯޓުންނެވެ. މި ވޯޓުގައި ޑިމޮކްރެޓުންގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ވަނީ ޤަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. މީގެ ތެރޭގައި މުޅިން އަލަށް މިފަދަ ޤަރާރަކަށް ތާއީދުކުރެއްވި ތިން މެންބަރުން ވެސް ހިމެނެއެވެ.

ވޯޓަށް ފަހު ވާހަކަދައްކަވަމުން ރިޕަބްލިކަން މެންބަރު ޒެކް ނަން ވިދާޅުވީ، މަޝްވަރާގެ ދޮރުތައް ބަންދުވެފައިވާތީ ކުރިއަށް އޮތް ތަނުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގަންވާނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި "ނިމުމެއް ނެތް އިތުރު ހަނގުރާމައަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާމަން އަދި ރިޕަބްލިކަން މެންބަރު ބްރަޔަން މަސްޓް ވަނީ މި ނިންމުމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އީރާނަކީ އަދިވެސް ނުރައްކަލެއް ކަމަށާއި، ޓްރަމްޕް މަސައްކަތް ކުރައްވަނީ ޒަމާންވީ ދުޝްމަންކަމަށް ނިމުމެއް ގެންނެވުމަށް ކަމަށެވެ. އަދި އީރާނަކީ އެމެރިކާއަށް އޮތް ދާއިމީ ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ މިޑްޓާމް އިންތިޚާބުގެ ކުރިން މި މައްސަލައިގައި ނެގޭނެ އެންމެ ފަހު ވޯޓަށް މި ވޯޓު ވުން އެކަށީގެންވާއިރު، މިދިޔަ ފެބްރުއަރީ 28 ގައި ފެށި މި ހަނގުރާމައަށް ހަތް މަސް ވެގެން ގޮސްފައިވެއެވެ. ކޮންގްރެޝަނަލް ބަޖެޓް އޮފީހުން (ސީބީއޯ) ހާމަކޮށްފައިވާ ގޮތުގައި މި ހަނގުރާމައަށް މިހާތަނަށް 38 ބިލިއަން ޑޮލަރު ހޭދަވެފައިވާއިރު، މިއީ އެމެރިކާގެ އިންފްލޭޝަން އިތުރުވެ، ހަތިޔާރުގެ ރިޒާވަށް ބާރުބޮޑުވަމުންދާ ކަމެކެވެ. މީގެއިތުރުން، އޭޕީ-ނޯކް އިން ޖުލައި މަހު ހެދި ޕޯލަކުން ދައްކާ ގޮތުގައި ގިނަ އެމެރިކާ ރައްޔިތުން ދެކޭ ގޮތުގައި މިއީ ކުރަން ރަނގަޅު ހަނގުރާމައެއް ނޫނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450