ދުނިޔެ

އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުވެ ކުޑަކުއްޖަކު ޒަޚަމްވެއްޖެ

އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުވެ ކުޑަކުއްޖަކު ޒަޚަމްވެއްޖެ

އިސްރާއިލުން ހަމަލާއެއް ދިނުމާއި ގުޅިގެން ބަޔަކު ރައްކާތެރި ސަރަހައްދެއް ހޯދަން ދަނީ. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ސެޕްޓެމްބަރު 2026، 12:14

19 ސެޕްޓެމްބަރު 2026، 12:14

ޣައްޒާ ސިޓީގައި ދުއްވާފައި ދިޔަ ސައިކަލަކަށް އިސްރާއީލުގެ ވައިގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސް ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު މި ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ޝައިޚް ރަޟްވާން އަވަށުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށެވެ. މީގެ އިތުރުން ހުކުރު ދުވަހު އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ މެދުތެރޭގައިވާ ނުސައިރާތު އަދި އަލްބުރައިޖް ރެފިއުޖީ ކޭމްޕުތަކަށް ބަޑީގެ ހަމަލާތައް ދީފައެވެ. ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށް ދިން މި ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އޮކްޓޯބަރު 2025 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމެއް އިއުލާނުކުރި ފަހުން ވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,381 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އޮކްޓޯބަރު 2023 ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ފެށި ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 73,795 މީހުން ޝަހީދުވެ، 174,869 މީހުން ވަނީ ޒަޚަމްވެފައެވެ.

ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި އެވްރެޖްކޮށް ދުވާލަކު އެއް ކުއްޖަކު ޝަހީދުވަމުންދެއެވެ. ޣައްޒާގެ އާއިލާތައް މިހާރު މަޖުބޫރުވެފައިވަނީ އެ ސަރަހައްދުގެ ތިންބައިކުޅަ އެއްބައި ބިމުގައި، ހަލާކުވެފައިވާ އިމާރާތްތަކާއި ކުނިބުނީގެ ތެރޭގައި ދިރިއުޅޭށެވެ. މީގެ އިތުރުން، ބުދަ ދުވަހު ކުރިން ގެއްލުން ލިބިފައިވާ އިމާރާތެއް ވެއްޓި 12 ކުޑަކުދިން ހިމެނޭހެން 21 މީހުން މަރުވެފައިވާއިރު، އިސްރާއީލުން ބަރު މެޝިނަރީ އެތެރެކުރުން ހުއްޓުވާފައިވާތީ ސިވިލް ޑިފެންސަށް ވަނީ މީހުން ސަލާމަތްކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިއްހީ އެހީތެރިކަމާއި ތެޔޮ އެތެރެކުރުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު "އެއްކޮށް ހުއްޓުމަކަށް އައުމުގެ" ތުންފަތްމަތީގައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450