ދުނިޔެ

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،000 އާ ގާތްކޮށްފި

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،000 އާ ގާތްކޮށްފި

ޣައްޒާގައި ހިންގަމުންދާ ލާއިންސީ އަމަލުތައް - ފޮޓޯ: ރޮއިޓާސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ސެޕްޓެމްބަރު 2026، 08:46

19 ސެޕްޓެމްބަރު 2026، 08:46

ޔަހޫދީ އިސްރާއީލުގެ ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 73,910 އަށް އަރައިފިއެވެ. މި އަދަދު މިހާ މައްޗަށް އަރާފައި މިވަނީ ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމަށް އަހަރެއްހާ ދުވަސް ވެފައިވަނިކޮށެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 174,914 އަށް އަރާފައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުނެގި އެތައް ހާސް ބަޔަކު އަދިވެސް ވާނެ ކަމަށް ބެލެވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ޝަހީދުވި އެންމެންގެ ހަށިތައް ހޯދައި ކަށަވަރުކުރެވޭއިރު، ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 100,000 އަށް ވުރެ މައްޗަށް އަރާނެއެވެ.

މިދިޔަ ނޮވެމްބަރު މަހު ޖަރުމަނުގެ "މެކްސް ޕްލެންކް އިންސްޓިޓިއުޓް ފޮރ ޑެމޮގްރަފިކް ރިސާޗް" އިން ޝާއިއުކުރި ދިރާސާއެއްގައި ލަފާކޮށްފައިވާ ގޮތުގައި، މި ގަތުލުއާންމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ޣައްޒާއިން 100،000 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުގެ ޔަހޫދީން ޣައްޒާ ހިސާރުކޮށް، ވަރުގަދަ އަސްކަރީ ހަމަލާތައް ދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ބޮޑުބައެއް ވަނީ ސުންނާފަތިކޮށްލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450