ދުނިޔެ

ގްރީންލޭންޑުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އާއި ޑެންމާކުން އެއްބަސްވުމަކަށް އަތުވެއްޖެ

ގްރީންލޭންޑުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އާއި ޑެންމާކުން އެއްބަސްވުމަކަށް އަތުވެއްޖެ

ގްރީންލޭންޑުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އާއި ޑެންމާކުން އެއްބަސްވުމަކަށް އަތުވެއްޖެ - ފޮޓޯ: ބީބީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ސެޕްޓެމްބަރު 2026، 09:05

19 ސެޕްޓެމްބަރު 2026، 09:05

ގްރީންލޭންޑުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އާއި ޑެންމާކާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އިޢުލާނުކޮށްފިއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ގަދަކަމުން ހިފަން އުޅޭ ކަމަށް ބުނެ އުފެދުނު ޚާރިޖީ ނުތަނަވަސްކަމަށް ފަހު ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ނޭޓޯ އިން ބުނެފައިވަނީ، މިއީ އެ ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޑެންމާކުގެ ބާރުގެ ދަށުގައިވާ މިނިވަން ދާޚިލީ ވެރިކަމެއް ކުރާ ގްރީންލޭންޑުގެ ސަލާމަތީ ކަންކަމާއި އެހެނިހެން ބޭނުންތަކުގެ ދާއިމީ ކޮންޓްރޯލް އެމެރިކާއަށް ލިބިގެންދާނެއެވެ. އަދި އެމެރިކާގެ ހުއްދައަކާ ނުލައި އެ ގައުމާ ދެކޮޅު އެއްވެސް ބަޔަކަށް ގްރީންލޭންޑުގައި އަސްކަރީ ހަރަކާތެއް ނުހިންގޭނެ ކަމަށާއި އިންވެސްޓްމަންޓްތައް ނުކުރެވޭނެ ކަމަށްވެސް ޓްރަމްޕް ބުނެއެވެ.

ޑެންމާކާއި ގްރީންލޭންޑުގެ ވެރިން ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ވެވޭ މި އެއްބަސްވުމަށް މަރުޙަބާ ވިދާޅުވެފައެވެ. ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑްރިކްސަން އާއި ގްރީންލޭންޑުގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނިއެލްސަން ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަންނަ ހަފުތާގައި އދ. ގެ އާންމު މަޖިލީހުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އާކްޓިކް ސަރަޙައްދުގެ ސަލާމަތް ވަރުގަދަވެގެންދާއިރު، ގްރީންލޭންޑުގެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤަށާއި ޑެންމާކުގެ ސިޔާދަތަށް އިޙްތިރާމް ކުރެވިގެންދާނެ ކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު އަދި އާންމުކޮށްފައި ނުވި ނަމަވެސް، ސޮއިކުރުމަށްފަހު މިއަށް ޢަމަލުކުރަން ފެށޭނީ ގާނޫނުހަދާ މަޖިލީހުގެ ތެރެއިން ފާސްކުރުމަށް ފަހުގައެވެ.

ވޭތުވެ ދިޔަ މަސްތަކުގައި ޓްރަމްޕް ވަނީ ގްރީންލޭންޑުގެ މުހިންމު ޖިއޮގްރަފިކް ލޮކޭޝަނާއި، އެތަނުގައިވާ ގުދުރަތީ މައުދަންތަކުގެ މުއްސަނދިކަމަށްޓަކައި، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ ސަރަޙައްދު އެމެރިކާގެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު ދީފައެވެ. މިއާއެކު ގްރީންލޭންޑުގެ ރައްޔިތުންނާއި ޑެންމާކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ.

ޑެންމާކުގެ މީޑިއާތަކުން މި އެއްބަސްވުން ސިފަކުރަނީ އެ ގައުމަށް ލިބުނު ޚާރިޖީ ކާމިޔާބީއެއްގެ ގޮތުގައެވެ. ސަބަބަކީ ގްރީންލޭންޑުގެ ސިޔާދަތީ ބާރު އެހެން ބަޔަކަށް ދޫކޮށްނުލައި، އެމެރިކާއާއެކު ސަލާމަތީ ގޮތުން އެއްބަސްވުމަކަށް އާދެވުމުންނެވެ. ނަމަވެސް ގްރީންލޭންޑުގެ ބައެއް ސިޔާސީ ފަރާތްތަކުން އަދިވެސް މިކަމާމެދު ފުރިހަމައަށް އިތުބާރެއް ނުކުރެއެވެ. އެ ފަރާތްތަކުން ބުނަމުންދަނީ އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު ފެންނަންދެން އެމީހުންގެ ޝައްކުތައް ދެމިއޮންނާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450