ދުނިޔެ

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައިފި

ސަޢުދީޢަރަބިއްޔާގެ ވެރިރަށް ރިޔާޟް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2026، 01:14

20 ސެޕްޓެމްބަރު 2026، 01:14

ޔަމަނުގެ ހޫޘީން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޮނިހިރު ދުވަހުގެ ފަތިހު ފޮނުވާލި ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާއެކު ދިފާއުކޮށް ވައްޓާލާފައިވާ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރްކީ އަލް މާލިކީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި މާލިކީ ވިދާޅުވީ، 8 މިލިއަނަށް ވުރެ ގިނަ ރައްޔިތުންނާއި ބިދޭސީން ދިރިއުޅެމުންދާ ރިޔާޟުގެ އާންމުންނަށާއި އާންމު ތަންތަނަށް އަމާޒުކޮށް ހޫޘީ ޓެރަރިސްޓް މިލިޝިއާއިން ދެމުންދާ މިފަދަ ހަމަލާތަކަކީ އެ ޖަމާއަތުގެ ނޭއްގާނީ އަދި ޓެރަރިސްޓް އަމަލުތައް ހާމަވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ހޫޘީން ވަނީ ބައިޝް، ތާއިފް، ފަރަސާން އަދި ޔަންބޫ ފަދަ ސިޓީތަކަށް ވެސް ހަމަލާދޭން މަސައްކަތްކޮށްފައި ކަމަށާއި އެ ހަމަލާތައް ވެސް ވައިގެ ދިފާއީ ނިޒާމުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މާލިކީ އިތުރަށް ވިދާޅުވީ، ހޫޘީންގެ މިފަދަ ހަރުކަށި އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ އިހުތިޔާރު ކޯލިޝަން ކޮމާންޑަށް ލިބިގެންވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ފަތިހު ސައޫދީގެ ސިވިލް ޑިފެންސުން ވަނީ ރިޔާޟް، ޖިއްދާ، އަލް-ޚަރްޖު، އަލްއުލާ، ޔަންބޫ، ތާއިފް، އަބްހާ، ފަރަސާން، ޚަމީސް މުޝައިތު އަދި ޖާޒާން ފަދަ ސިޓީތަކުގައި އިންޒާރުގެ ސައިރަން އަޅުވާފައެވެ. ނަމަވެސް ހާލަތު އާންމު ހާލަތަކަށް އެޅުމާ ގުޅިގެން ކުޑައިރުކޮޅެއް ފަހުން ވަނީ އެ އިންޒާރުތައް އުވާލާފައެވެ.

ވެރިރަށް ރިޔާޟުގެ މަތިން މިސައިލްތައް ވައްޓާލި އަޑުފައްގަނޑު އިވިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ރައްކާތެރިކަމުގެ އިރުޝާދުތަކަށް ތަބާވުމަށާއި، ހާދިސާ ހިނގި ސަރަހައްދުތަކުގެ ވީޑިއޯ އާއި ފޮޓޯ ނެގުމުން ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450