ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުގެ ބަލިމީހުން ނާޒުކު ހާލަތެއްގައި

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުގެ ބަލިމީހުން ނާޒުކު ހާލަތެއްގައި

އިރާންގެ ބޭސްފިހާރައެއް. ފޮޓޯ:ގެޓީ އިމޭޖް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2026، 05:32

20 ސެޕްޓެމްބަރު 2026، 05:32

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދު ހީނަރުވެ، ދާއިމީ ބަލިތަކާއި ނުރައްކާތެރި ބަލިތައް ތަހައްމަލު ކުރަމުންދާ އާންމު ރައްޔިތުންނަށް ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ޒަރޫރީ ބޭސް ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބޭހުގެ ދަތިކަމާއި އަގުތައް އިންތިހާއަށް އުފުލުމުގެ ސަބަބުން ގިނަ ބަލިމީހުން އަންނަނީ ބޭސް ބޭނުންކުރާ މިންވަރު މަދުކޮށް، ޑޮކްޓަރަށް ދެއްކުން ލަސްކުރަމުންނެވެ.

އީރާނުގެ ފާމަސީތަކުންނާއި މީޑިއާ ރިޕޯޓްތަކުން ހާމަވާ ގޮތުގައި، ކެންސަރު، ހިތުގެ ބަލިތައް، ކޮލެސްޓްރޯލް، މައިގްރޭން، ހަކުރުބަލި އަދި މާބަނޑު ދުވަސްވަރު ބޭނުންކުރާ ބޭސްތަކުގެ އިތުރުން ގާތްގަނޑަކަށް 800 އަށް ވުރެ ގިނަ ބާވަތުގެ ބޭހުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އަދި ބައެއް ބޭސްތައް މުޅިން ހުސްވެފައިވާއިރު، ބައެއް ބަލިމީހުން އަންނަނީ ބޭސް ގަތުމަށްޓަކައި ގޭގައި ހުންނަ އަގުބޮޑު ސާމާނު ވިއްކަމުންނެވެ. މީގެ އިތުރުން މި އަހަރު ދިނުމަށް ހަމަޖެހުނު ފްލޫ ވެކްސިން ވެސް ޔޫރަޕުން އެތެރެ ނުކުރެވިގެން ވަނީ ކެންސަލް ކޮށްފައެވެ.

އީރާނުގެ ފުޑް އެންޑް ޑްރަގް އޮގަނައިޒޭޝަނުން ބުނާ ގޮތުގައި އެގައުމުގައި ބޭނުންކުރާ ބޭހުގެ 97 އިންސައްތަ އުފައްދަނީ އެތެރޭގައެވެ. ނަމަވެސް، ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި އެތެރޭގައި އުފައްދާ ބޭހަށް ބޭނުންވާ ރޯ މެޓީރިއަލް އާއި ޓެކްނޮލޮޖީގެ އިތުރުން ހާއްސަ ބަލިތަކަށް ދޭ އަގުބޮޑު ބޭސްތައް އެތެރެކުރަން ޖެހެނީ ބޭރު ފައިސާއިންނެވެ. އެމެރިކާގެ ހަރުކަށި ސިޔާސަތުގެ ސަބަބުން ބޭންކުތަކަށް ހުރަސްއެޅި، ތެޔޮ ވިއްކައިގެން ލިބޭ ބޭރު ފައިސާ މަދުވުމަކީ ބޭސް އެތެރެކުރުމަށް އެޅުނު ބޮޑު ހުރަހެކެވެ.

މީގެ އިތުރުން، އިންޝުއަރެންސް ކުންފުނިތަކުން ފާމަސީތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ސަޕްލައި ޗެއިނަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އީރާނުގެ ފާމަސިސްޓުންގެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، ގައުމުގެ 18،000 އަށް ވުރެ ގިނަ އަމިއްލަ ފާމަސީއަށް އިންޝުއަރެންސްގެ ގޮތުގައި 800 ޓްރިލިއަން ރިއާލް (ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު) ނުލިބި އެބައޮތެވެ. މީގެ ސަބަބުން އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ވެސް ފާމަސީތަކުން ބޭސް ނުލިބި، އަމިއްލަ ޖީބުން ބޮޑު އަގުގައި ބޭސް ގަންނަން ވަނީ މަޖުބޫރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450