ދުނިޔެ

މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ގަތަރަށް ވަޑައިގަންނަވަނީ

މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ގަތަރަށް ވަޑައިގަންނަވަނީ

އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަގަރްޗީ. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ސެޕްޓެމްބަރު 2026، 02:19

21 ސެޕްޓެމްބަރު 2026، 02:19

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، އެމެރިކާ އާއި އީރާނުގެ ހަނގުރާމައިގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ.

އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އިރްނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާރިޖީ ވަޒީރު "އާދީއްތަ ދުވަހުގެ ހަވީރު ތެހެރާނުން ނިއުޔޯކަށް ފުރާވަޑައިގެންނެވި... އަދި ސަރަޙައްދުގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ދޯހާއަށް ކުރު ދަތުރުފުޅެއް ކުރައްވާނެ" އެވެ.

އަރަގްޗީ ދޯހާއަށް މި ކުރައްވާ ދަތުރުފުޅަކީ ސްޓްރެޓީޖިކް ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ތެހެރާނުން ޝަރުތުކުރާ ކަންކަން މެދުވެރިން މެދުވެރިކޮށް އަނެއްކާވެސް ހުށަހަޅާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފެބުރުއަރީ މަހުގެ ފަހުކޮޅު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ މައިގަނޑު މައްސަލައަކަށް ވެފައިވަނީ ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައެވެ. އެ ކަނޑުއޮޅި އީރާނުން ބަންދުކުރީ އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ސަލާމަތީ އަދި ސިޔާދަތީ ކަންބޮޑުވުންތަކާ ހުރެ ކަމަށް ބުނެ، މިހާރު އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު އީރާނުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވަނީ ހަދާފައެވެ. އަދި ޚިދުމަތުގެ ފީ ނެގުމުގެ އުސޫލެއް އެކުލަވާލުމަށް ވެސް ތެހެރާނުން ދަނީ ވިސްނަމުންނެވެ. މިކަމުގެ ރައްދެއްގެ ގޮތުން، ހަނގުރާމަ ހުއްޓުމަކަށް ނައިސް ދިގުލައިގެން ގޮސްފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450