ދުނިޔެ

ސަޢުދީ ޢަރަބިއްޔާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ޖީ7 ގެ ޚާރިޖީ ވަޒީރުން ޙޫޘީންނަށް ގޮވާލައިފި

ސަޢުދީ ޢަރަބިއްޔާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ޖީ7 ގެ ޚާރިޖީ ވަޒީރުން ޙޫޘީންނަށް ގޮވާލައިފި

ހޫޘީ ހަނގުރާމަވެރިންތަކެއް. ފޮޓޯ: ގޫގުލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2026، 12:46

22 ސެޕްޓެމްބަރު 2026، 12:46

ޔަމަނުގެ ޙޫޘީން ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދުނިޔޭގެ ކުރިއަރާފައިވާ 7 ޤައުމު (ޖީ7) ގެ ޚާރިޖީ ވަޒީރުން ގޮވާލައްވައިފިއެވެ.

ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު ނުރަސްމީ ބައްދަލުވުމަކަށްފަހު ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން އަދި އެމެރިކާގެ ޚާރިޖީ ވަޒީރުން ވަނީ ޙޫޘީން ދެމުންދާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ޙޫޘީންނަށް ގޮވާލައްވާފައި ވަނީ "ޢަސްކަރީ ހުރިހާ ޙަރަކާތްތަކަކާއި، ޢާންމު އާގުބޯޓުފަހަރަށް ދެމުންދާ އިންޒާރުތަކާއި ޙަމަލާތައް ވަގުތުން ހުއްޓާލައި، އިޚްލާޞްތެރިކަމާއެކު ސިޔާސީ މަޝްވަރާތަކަށް އެނބުރި އައުމަށެވެ."

މީގެއިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާއި ޚިލާފަށް ޙޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުމާއި އެހީތެރިވުން ހުއްޓާލުމަށް އީރާނަށް ވެސް ވަނީ ގޮވާލައްވާފައެވެ. ވަޒީރުން ފާހަގަކުރެއްވި ގޮތުގައި، އީރާނުން ޙޫޘީންނަށް ދޭ މި އެހީތެރިކަމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫއަރައި، ދުނިޔޭގެ ހަމަޖެހުން ގެއްލުމުގެ ނުރައްކާ އޮތް ކަމެކެވެ.

ޢަރަބި ސަރަޙައްދުގެ އެންމެ ފަޤީރު ޤައުމު ކަމަށްވާ ޔަމަނުގައި އަނެއްކާވެސް ހަމަނުޖެހުންތައް ބޮޑުވެގެން މިދިޔައީ، 2022 ވަނަ އަހަރު އދ. މެދުވެރިވެގެން އީރާނަށް ތާޢީދުކުރާ ޙޫޘީންނާއި ސަޢޫދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރާ ދެމެދު ޤާއިމުކުރެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އޮތް ހަމަހިމޭން ދުވަސްތަކަކަށް ފަހުގައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450