ދުނިޔެ

އޭއައިގެ ނުރައްކާތައް ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ އިދާރާއެއް އުފެއްދުމަށް ގޮވާލައިފި

އޭއައިގެ ނުރައްކާތައް ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ އިދާރާއެއް އުފެއްދުމަށް ގޮވާލައިފި

އޭއައިގެ ނުރައްކާތައް ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ އިދާރާއެއް އުފެއްދުމަށް ގޮވާލުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2026، 01:15

22 ސެޕްޓެމްބަރު 2026، 01:15

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގައި މިންގަނޑުތައް ކަނޑައަޅައި ބަލަހައްޓާނެ އިދާރާއެއް އުފެއްދުން ހިމެނޭހެން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ދުނިޔޭގެ 20 ޤައުމަކާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފިއެވެ.

ހޯމަ ދުވަހު ނެރުނު މި ބަޔާނުގައި ޖަރުމަނުވިލާތް، ދެކުނު އެފްރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސިންގަޕޫރު ފަދަ ޤައުމުތައް ހިމެނެއެވެ. ފިންލޭންޑްގެ ރައީސް އެލެގްޒެންޑަރ ސްޓަބްގެ އޮފީހުން އާންމުކުރި މި ޤަރާރުގައި، އޭއައި ތަރައްޤީކުރަންވާނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިންސާނުންގެ ބެލުމުގެ ދަށުންކަން ކަށަވަރުކުރުމަށް ސަރުކާރުތަކަށާއި ޓެކްނޮލޮޖީ ސިނާޢަތަށް ވަނީ ގޮވާލާފައެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭއައިގެ ފައިދާތައް ޤައުމުތަކަށް ލިބުމުގައި އޮތް ފަރަގު ބޮޑުނުވާނޭހެން، އޭގެ ނުރައްކާތަކަށް ހައްލު ހޯދައި ބެލެހެއްޓުންތެރިކަން ވަރުގަދަކުރަން ޖެހެއެވެ. އަދި ސަލާމަތީ މިންގަނޑުތައް ކަނޑައެޅުމަށާއި، ސީރިއަސް ހާދިސާތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ބައިނަލްއަޤްވާމީ މުއައްސަސާއެއް ޤާއިމުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އޭއައިގެ އެންމެ ކުރީގައި އުޅޭ އެމެރިކާ އާއި ޗައިނާއިން މި ބަޔާނުގައި ބައިވެރިވެފައެއް ނުވެއެވެ. މީގެއިތުރުން އިންޑިއާ، ދެކުނު ކޮރެއާ، ޖަޕާން، އިނގިރޭސިވިލާތް އަދި ފްރާންސް ފަދަ ޤައުމުތައްވެސް މި ބަޔާނުގައި ސޮއިކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެހެން ޤައުމުތަކަށް މި ބަޔާނުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް އޮތް ކަމަށް ބަޔާންކޮށްފައިވެއެވެ.

މިފަދަ ގޮވާލުމެއް އައިސްފައިވަނީ އޭއައި ސިސްޓަމްތަކުން ނުރައްކާތެރި ޙަރަކާތްތައް ހިންގުމުގެ ބައެއް ހާދިސާތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އޯޕަންއޭއައިގެ އެމެޖެންޓުން ހަގިން ފޭސް ކިޔާ އޭއައި ސްޓާޓްއަޕެއް ހެކްކުރި މައްސަލަ ހިމެނެއެވެ. މިކަމާ ގުޅިގެން އދ. ގެ އެހީތެރިކަން ލިބިގެން ހިންގާ އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ސައިންޓިފިކް ޕެނަލް އޮން އޭއައި އިންވެސް ވަނީ އައު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450