ޚަބަރު
މޯލްޑިވިއަންއަށް ކެބިން ކުރޫއިން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވަނީ
މޯލްޑިވިއަން ގެ ކެބިން ކްރޫއިން. ފޮޓޯ: ޕެރެޑިޖް މާކެޓިންގ އެންޑް ޑިޒައިނިންގ
ޤައުމީ އެއާލައިން، މޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދުމަށްޓަކައި ވޯކް-އިން އިންޓަވިއުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަނުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެބިން ކްރޫން ނެގުމަށް މިފަހަރު ބާއްވާ އިންޓަވިއުތައް މާލޭއާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ވެސް ކުރިއަށްދާނެ ކަމަށެވެ. މިއީ އެ ސިޓީތަކުގައި ދިރިއުޅޭ އަދި ކެބިން ކްރޫއަކަށް ވާން ޝައުގުވެރިވާ ޒުވާނުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނަކަށް ވުމާއި، އޯލެވެލް ނުވަތަ އެއާ އެއްވަރުގެ ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. މީގެ އިތުރުން ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓު 4 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓު 2 އިންޗި ހުންނަންވާނެއެވެ. ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދައްކަން އެނގުމާއެކު މީހުންނާ މުއާމަލާތު ކުރުމުގެ ރަނގަޅު ހުނަރު ހުންނަންޖެހެއެވެ.
This could be you. ✈️💙
— MaldivianAero (@MaldivianAero) September 19, 2026
Picture yourself taking your career to new heights with Maldivian.
Join our upcoming Cabin Crew Walk-In Interviews and take the first step towards a career in the skies.
📍 Malé City – 30 September
📍 Addu City – 3 October
📍 Kulhudhuffushi City – 3…
އިންޓަވިއު ބާއްވާ ތާރީޚުތައް:
- މާލެ ސިޓީ: 30 ސެޕްޓެމްބަރު
- އައްޑޫ ސިޓީ: 3 އޮކްޓޯބަރު
- ކުޅުދުއްފުށި ސިޓީ: 3 އޮކްޓޯބަރު
މި މަޤާމަށް އެދޭ ޒުވާނުންނަށް ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އެހެންކަމުން މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ފޮނުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.