ޚަބަރު
ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު: ދުވާރުގައި ގައު އެތުރުމުގެ މަސައްކަތް ކުރިއަށްދަނީ
ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު. ފޮޓޯ: އެމްޓީސީސީ
ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް އެޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ 3 ވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ދުވާރުގައި ގައު އެތުރުމުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިކަން ހާމަކުރައްވާފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިން މަޝްރޫއާ ގުޅޭ އެންމެފަހުގެ އަދާހަމަ ހިއްސާކުރައްވަމުންނެވެ.
ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް އެޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 30.46 މިލިއަން ރުފިޔާއަށް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމާއި، މަގުގެ ދުވާރުގެ މަސައްކަތާއި، ގްރީން އޭރިއާގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން، ކޭބަލް ޖަންކްޝަން އަދި ސާރވިސް ލައިން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި އަދި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ.
Project Update: Design and Build of HA. Hoarafushi Roads - Phase 3
— MTCC Plc (@MTCCPlc) September 22, 2026
Sidewalk paving works are currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/qivD3Dbyl2
މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ޓަކައި، ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ. މި މަޝްރޫއުތަކުގެ މަގްސަދަކީ ރައްޔިތުންނަށް ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކޮށްދިނުމެވެ.
އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާއިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، މަގު ހެދުން ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ.
ދަންޑަހިލު
23/09/2026 09:10
ބަލަބަލަ ތިހޯރަފުއްޓަކީ،ލާދީނީ،ޚުދުމުޚުތާރު،އަނިޔާވެރި،އެމްޑީޕީން ދުނިޔޭގަ ދެވަނައެއް ނެތްފަދަ،ތަޢުލީމާއި،ޞިއްހީޚިދުމްތާއި،އަދި ވަޒީފާތައް އޮށްސާލަރަށެއް،އެއިންއެއްވެސްކަމެއްއެނގޭނެތިފުށީގެ މީހަކުނެތް މާކަނޑަށް އޮޔާދުއްވާލި،އެއާރޕޯރޓެއްގެނަމުގަ އެޅި ތާރުގަނޑެއް ރައްޔިތުންނަށްތަރަށްޤީގެ ގިލަންވެރިކަންޖައްސަން،ރޖ،ޑރ،މމ.ވަށާޖެހޭ ތަރަށްޤީގެ މަސައްކަތައް އައްސަރިބަސް ޝުކުރިއްޔާ،ރައީސްމުޢިއްޒު،ޝުކުރިއްޔާއެމްޕީ،ޢަލީމޫސާ،