Ads by Farudhun

ޚަބަރު

އަންނަ މަހުން ފެށިގެން 2 ދާއިރާއެއްގައި ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހީންނަށް

އަންނަ މަހުން ފެށިގެން 2 ދާއިރާއެއްގައި ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހީންނަށް

މޯލްޑިވްސް ޕޯޓްސް. ފޮޓޯ: އެމްވީ ޕްލަސް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

24 ސެޕްޓެމްބަރު 2026، 09:28

24 ސެޕްޓެމްބަރު 2026، 09:28

އަންނަ މަހުން ފެށިގެން 2 ދާއިރާއެއްގައި ވިޔަފާރިކުރެވޭނީ ހަމައެކަނު ދިވެހީންނަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ މަހު 8 ގެ ނިޔަލަށް، މި ދާއިރާތަކުގައި ބޭރުގެ ފަރާތްތަކުން ވިޔަފާރިކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އެ ވުޒާރާއިން ވަނީ އޮކްޓޯބަރު 8 އިން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވުން މަނާ ބައެއް ބޭރުގެ ވިޔަފާރިތަކާއި އެފަރާތްތަކުގެ ނަންތައް ވެސް ޢިއުލާންކޮށްފައެވެ. ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް އޮންނަ ފުރުސަތަކަށް ހެދުމަށް ޓަކައި ސަރުކާރުންވަނީ ޤާނޫނަށް އިސްލާޙުތަކެއް ގެންނަވާފައެވެ. މިއާއެކު އަންނަމަހުގެ 8 އިން ފެށިގެން ބައެއް ކަންކަން ތަންފީޒުކުރަން ޤާނޫނުން ލާޒިމުކުރެއެވެ.



އޭގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ހޯލްސޭލް އަދި ރީޓެލް ވިޔަފާރިކުރާ ފަރާތްތަކާއި، ކާގޯ ސޭލްސް އޭޖެންޓް އަދި ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ޚިދުމަތް ދެމުންދާ ބޭރުގެ ފަރާތްތަކުން ވިޔަފާރިކުރުން ހުއްޓާލަންޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބޭރު ކުންފުނިތަކުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސްއާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ.

އެ ވުޒާރާއިން ވަނީ ޓްރާންސިޝަން އެރޭންޖްމަންޓްތަކާ ގުޅިގެން ބައެއް ކުންފުނިތަކަށް ގުޅުމަށް މަސައްކަތް ކުރިނަމަވެސް 8 ކުންފުންޏާ ގުޅޭގޮތްނުވާތީ ކުންފުނީގެ ނަންތައް ހާމަކޮށްފައެވެ. އަދި އެފަރާތްތަކުން އިންވެސްޓް މޯލްޑިވްސްއަށް ގުޅައިގެން އައު ފޮރިންގ އިންވެސްޓްމަންޓް އެންޓްރީ ގަވާއިދުގެ ތެރެއިން ކުރިއަށްގެންދިޔުމަށް ވަނީ އަންގާފައެވެ. ކުންފުނިން ޢަމަލުކުރަންޖެހޭ އިންތިޤާލީ މަރުޙަލާގެ ޝަރުތުތައް ކަށަވަރުކުރުމާއި އައު ފޮރިންގ އިންވެސްޓްމަންޓް އެންޓްރީވުމުގެ އުސޫލުގެ ދަށުން ކުރިއަށްދިޔުމުގައި ޢަމަލުކުރަންވީގޮތާއި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އުސޫލުގެ ދަށުން އަޅަންޖެހޭފިޔަވަޅުތައް އެޅުމަށްވަނީ އެކުންފުނިތަކަށް އަންގާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450