Ads by Farudhun

ޚަބަރު

ބަނޑިދޫގައި ވޮލީބޯޅަ ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ފަށަނީ

ބަނޑިދޫގައި ވޮލީބޯޅަ ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ފަށަނީ

ވޮލީބޯޅަ ރެފްރީން ތަމްރީންކުރުން. ފޮޓޯ: މީދޫ ކައުންސިލް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

24 ސެޕްޓެމްބަރު 2026، 10:28

24 ސެޕްޓެމްބަރު 2026، 10:28

ވޮލީބޯޅައަށް ޝައުޤުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ދ.ބަނޑިދޫގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ކޯސް ކުރިއަށްދާނީ އަންނަ މަހު 05 އިން ފެށިގެން 15 އާ ހަމައަށެވެ.  ބަނޑިދޫގައި ކުރިއަށް ގެންދާ މި ކޯހުގައި އަންނަ މަހުގެ 1 ގެ ކުރިން ބައިވެރިވެވޭނެއެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވޮލީބޯލް އެސޯސިއޭޝަނާއި، ދ. ބަނޑިދޫ ކައުންސިލް އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.


މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް، ކުޅިވަރާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޕޯސްޓުގައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެން އެޕްލިކޭޝަން ފުރިހަމަކުރުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450