ދުނިޔެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ ވައިގެ ދަތުރުތަކަށް ހުރަސްއެޅިއްޖެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ ވައިގެ ދަތުރުތަކަށް ހުރަސްއެޅިއްޖެ

އީރާން އެއަރގެ ބޯޓެއް،

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2026، 12:17

24 ސެޕްޓެމްބަރު 2026، 12:17

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ ވައިގެ ދަތުރުތަކަށް ހުރަސްއެޅި، ދަތުރުތައް ހުއްޓުމަކަށް އައުމާއި ގުޅިގެން ގިނަ ބަޔަކު އެއްގަމު މަގުން ދަތުރުކުރަން މަޖުބޫރުވެއްޖެއެވެ.

އެމެރިކާއިން އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެޅި ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އީރާނުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ ސެޕްޓެމްބަރު 8 ގައި އީރާނުގެ އިތުރު 27 އެއާލައިނަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ބައިނަލްއަޤްވާމީ ވައިގެ ސަރަޙައްދުތަކުން އެ އެއާލައިންތަކަށް ފުރުޞަތު ބަންދުކޮށްފައެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އެއާލައިންތަކަށް ތެޔޮ އެޅުމާއި، ލޭންޑިންގ ޚިދުމަތް ދިނުންމާއި، ޓިކެޓް ވިއްކާ އެއާޕޯޓްތަކާއި ކުންފުނިތަކަށްވެސް އެމެރިކާގެ ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އޮމާން، އަޒަރުބައިޖާން، އަދި ޖޯޖިއާ ފަދަ އަވަށްޓެރި ޤައުމުތަކުން ވަނީ އީރާނުގެ ބޯޓުތަކަށް ޚިދުމަތް ދިނުން ހުއްޓާލާފައެވެ. މީގެއިތުރުން ތުރުކީ، ޔޫއޭއީ، އަދި ޗައިނާ ފަދަ މައިގަނޑު މަންޒިލްތަކަށް ކުރަމުންދިޔަ ދަތުރުތަކުގެ ބޮޑު ބައެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

އީރާނުގެ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ރިޒާ އިބްރާހިމްޕޫރު ވިދާޅުވި ގޮތުގައި، އަވައްޓެރި ޤައުމުތަކުން ޚިދުމަތް ދިނުން ހުއްޓާލުމަކީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އައު މަރުޙަލާއެކެވެ. މީގެއިތުރުން އީރާނުގެ ވައިގެ ސަރަޙައްދުން ބޭރުގެ އެއާލައިންތައް ދަތުރުކުރުމަށް ހުރަސްއެޅުމުގެ ސަބަބުން، އޯވަރފްލައިޓް ފީގެ ގޮތުގައި އަހަރަކު ލިބޭ 300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީ އީރާނަށް ގެއްލިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވައިގެ ދަތުރުތައް މަދުވުމާއި ގުޅިގެން، ބޭރު ޤައުމުތަކަށް ދަތުރުކުރަން ބޭނުންވާ އެތައް ހާސް އީރާނު ރައްޔިތުންނެއް މިހާރު ދަނީ އެއްގަމު މަގުން ތުރުކީ އަދި އަރމީނިއާގެ ބޯޑަރު ހުރަސްކޮށް ދަތުރުކުރަމުންނެވެ. މިކަމުގެ ސަބަބުން ބޯޑަރު ސަރަޙައްދުތަކުގައި ބޮޑެތި ތޮއްޖެހުންތައް އުފެދި، ކަޅު ބާޒާރުގައި ބަސް ޓިކެޓުގެ އަގު ހަތަރު ގުނައަށް އުފުލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450