ކޮލަމް
"ޕެއިން ކިލާސް" ތަދު ހޯދަނީ ކިހިނެއް؟
ޕެއިން ކިލާސް
ހުލާސާ
ތަނެއްގައި ރިހެން ފެށުމުން އެރިހުމެއް ނުވަތަ އެތަދެއް ކަނޑުވަން އާންމު ގޮތެއްގައި އަހަރެމެން އެންމެންވެސް ބޭނުންކޮށް އުޅެނީ "ޕެއިން ކިލާސް" ނުވަތަ ތަދު ކަނޑުވާ ބޭހެވެ.
އަބަދު ބޭނުން ކޮށްއުޅޭ އެއްޗެއް ވިޔަސް އެކި ތަނުގައި ރިހޭ ރިހުން އެއްވައްތަރެއްގެެ "ޕެއިން ކިލާ" ނުވަތަ ތަދު ކަނޑުވާ ބޭހުން ތަދު ފިލަނީ ކިހިނެއްތޯ ސުވާލުއުފެދެއެވެ. މިކަން ދެނެގަތުމަށް ބަލާލަން ޖެހޭނީ ތަދުކަނޑުވާ ބޭސް މަސައްކަތްކުރާ ގޮތެވެ.
ތަދުކަނޑުވާ ބޭސްތައް މަސައްކަތްކުރާ ގޮތް
ގިނަ ކެޕްސޫލްތަކާއި ގުޅަބޭސްތަކުގައި އާންމުކޮށް ހިމެނެނީ ތަދާއި ހުން ފިލުވައިދޭ މާއްދާތަކުގެ ތެރެއިން ތިރީގައިވާ ބާވަތްތަކުން އެންމެ ބާވަތެއްކަން އެނގުމުން ހައިރާންވެއެވެ.
• ނޮން-ސްޓެރޮއިޑަލް އެންޓި-އިންފްލެމޭޓަރީ ޑްރަގް (NSAID)
މިސާލަކަށް އެސްޕިރިން، އައިބިއުޕްރޮފެން، ނެޕްރޮކްސެން ނުވަތަ ޑައިކްލޯފެނަކް ފަދަ ތަދުކަނޑުވާ ބޭސްތަކާ އެކު އެހެނިހެން މާއްދާތައް އެއްކޮށްފައި ހުރެދާނެއެވެ. އޭގެ ތެރޭގައި ކެފެއިން އަދި ކޯޑީން ފަދަ މާއްދާތައް ހިމެނޭއިރު، މިއީ ޕެރަސެޓަމޯލް ނުވަތަ NSAID ތަކުގެ ތަދުކަނޑުވައިދިނުމުގެ ބާރު އިތުރުކޮށްދޭ މާއްދާތަކެކެވެ.
ބައެއް ފަހަރު، ޕެރަސެޓަމޯލް އަދި NSAID ތައް އަރިދަފުސްރޯގާގެ މާއްދާތަކާ އެއްކޮށްފައި ހުރެއެވެ. މިއީ ނޭފަތް ބެދުމާއި އަރިދަފުސް ފޭބުން ފަދަ އަލާމާތްތަކަށް ލުއި ހޯދައިދިނުމަށެވެ.
ނަމަވެސް، ތަދު ކަނޑުވައިދިނުމުގައި ޕެރަސެޓަމޯލް އަދި NSAID މަސައްކަތްކުރަނީ ތަފާތު ގޮތްގޮތަށްކަން ދެނެގަތުން މުހިންމެވެ. ޕެރަސެޓަމޯލް އަދި NSAID މަސައްކަތްކުރާ ގޮތް ކުޑަކޮށް ނުވަތަ މެދުމިންވަރަކަށް ހުންނަ ތަދުތަކަށް ލުއި ހޯދުމަށް ޕެރަސެޓަމޯލް އަދި NSAID ވެސް ވަރަށް ރަނގަޅެވެ.
އެހެންނަމަވެސް، މި ދެބާވަތުގެ ބޭހުންވެސް ތަދު ކަނޑުވައިދިން ކަމުގައި ވިޔަސް، އެ ބޭސްތައް މަސައްކަތްކުރަނީ ތަފާތު ގޮތްގޮތަށެވެ. ބެލެވޭ ގޮތުގައި ޕެރަސެޓަމޯލް މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ސިކުނޑީގައެވެ. އަދި އަހަރެމެންނަށް ތަދު އިހުސާސްވާ ތަފާތު ގޮތްތަކަށް މީގެ އަސަރު ފޯރައެވެ. މިސާލަކަށް، ޕެރަސެޓަމޯލްގެ ސަބަބުން ތަދާއި ދުޅަ އުފައްދާ ކެމިކަލެއް ކަމަށްވާ 'ޕްރޮސްޓަގްލެންޑިންސް' (prostaglandins) އުފެދުން ހުއްޓުވައެވެ.
މުޅި ހަށިގަނޑުގައިވެސް ޕްރޮސްޓަގްލެންޑިންސް ހުރެއެވެ. ނަމަވެސް ޕެރަސެޓަމޯލް މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ސިކުނޑީގައި ހުންނަ މި މާއްދާތަކަށެވެ. މި ސަބަބަށްޓަކައި، އެއީ ތަދާއި ހުން ފިލުވައިދިނުމަށް އެކަނި ބޭނުންކުރެވޭ އެއްޗަކަށް ވުމުގެ އިތުރުން، ލަފާދީފައިވާ މިންވަރަށް ބޭނުންކުރާނަމަ އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް (ސައިޑް އިފެކްޓްސް) ވެސް މަދެވެ. އަދި ޕެރަސެޓަމޯލް އިން ދުޅަ ތިރިއެއް ނުކޮށްދެއެވެ.
އައިބިއުޕްރޮފެން އަދި އެސްޕިރިން ފަދަ NSAID ތައް މަސައްކަތްކުރަނީ ތަފާތު ގޮތަކަށެވެ. އެ ބޭސްތަކުންވެސް ޕްރޮސްޓަގްލެންޑިންސް އުފެދުން ހުއްޓުވައެވެ. ނަމަވެސް އެކަން ކުރަނީ ހަމައެކަނި ސިކުނޑީގައެއް ނޫނެވެ، މުޅި ހަށިގަނޑުގައެވެ.
މި ސަބަބާހުރެ، ހަށިގަނޑުގައި އެހެނިހެން މުހިންމު ދައުރުތައް އަދާކުރާ ޕްރޮސްޓަގްލެންޑިންސް ތަކަށް NSAID ގެ އަސަރު ފޯރައެވެ. މީގެ ތެރޭގައި ބަނޑުގެ އެތެރޭގެ ދުލިފަށް ރައްކާތެރިކޮށްދިނުމާއި، ގުރުދާ (ކިޑްނީ) ރަނގަޅަށް މަސައްކަތްކުރުމަށާއި، ނޭވާލާ ހޮޅިތައް ހުޅުވިފައި ބެހެއްޓުމަށާއި، އަދި ލޭ ގަނޑުވުމުގެ ނިޒާމު އާދައިގެ ގޮތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ޕްރޮސްޓަގްލެންޑިންސް ހިމެނެއެވެ.
އެހެންކަމުން، ބައެއް ޕްރޮސްޓަގްލެންޑިންސް އުފެދުން ހުއްޓުވައިގެން NSAID ތަކުން ތަދު ފިލުވައިދިން ނަމަވެސް، ޑޮކްޓަރެއްގެ ސިޓީއަކާ ނުލައި (OTC) ގަންނަން ލިބޭ މިންވަރަށް ބޭނުންކުރި ކަމުގައި ވިޔަސް، ހަށިގަނޑު އާދައިގެ ގޮތެއްގައި ހިންގުމަށް ބޭނުންވާ ޕްރޮސްޓަގްލެންޑިންސް ތަކަށް މީގެ ނޭދެވޭ އަސަރު ކޮށްފާނެއެވެ.
ޑޮކްޓަރު ދެއްވާ ސިޓީއަށް ލިބޭ މަތީ ޑޯޒްތަކުގައި (އާންމުކޮށް ފިހާރަތަކުން ގަންނަން ލިބޭ ދަށް ޑޯޒްތަކެއް ނޫން) ގިނަ ހަފުތާތަކެއް ވަންދެން NSAID ބޭނުންކުރާނަމަ، ދުޅަ ތިރިކުރުމަށްވެސް އެހީތެރިވެދެއެވެ.
ދުޅަ ތިރިކުރަން ބޭނުންވާނަމަ، ޑޮކްޓަރަކާ ނުވަތަ ފާމަސިސްޓަކާ ވާހަކަދައްކަވާށެވެ. ޕެރަސެޓަމޯލް އަދި NSAID ތަދު ފިލުވައިދިނުމުގައި މަސައްކަތްކުރަނީ ތަފާތު ގޮތްގޮތަށް ކަމަށްވާތީ، މި ދެބާވަތުގެ ތަދުކަނޑުވާ ބޭހުގެ ދެމެދުގައި އެހެނިހެން މުހިންމު ތަފާތުތަކެއްވެސް ހުރެއެވެ.
މިސާލަކަށް، މި ބޭސްތަކުން ތަފާތު ސައިޑް އިފެކްޓްސް ފެނިދާނެއެވެ. އެހެން ބޭސްތަކާ އެކުވެގެން ތަފާތު ބަދަލުތައް އަތުވެދާނެއެވެ (މީގެ ސަބަބުން ބޭސް މަސައްކަތްކުރާ ގޮތް ބަދަލުވެދާނެއެވެ). އަދި ހުރިހާ އެންމެން ބޭނުންކުރުމަށް މި ބޭސްތައް އެކަށީގެން ނުވެދާނެއެވެ.
އެހެންކަމުން، ތަދުކަނޑުވާ ބޭހަކީ ތިމާއާ އެކަށޭނަ ބޭހެއްތޯ ޔަގީންކުރުމަށް އަބަދުވެސް ބޭހުގެ ލޭބަލް ކިޔުން ވަރަށް މުހިންމެވެ.