Ads by Farudhun

ޚަބަރު

ގެނބުމުގެ ހާދިސާތަކުން ރައްކާތެރިވާ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތެއް ބާއްވައިފި

ގެނބުމުގެ ހާދިސާތަކުން ރައްކާތެރިވާ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތެއް ބާއްވައިފި

މި ހަރަކާތުގެ ތެެރެއިން. ފޮޓޯ: އެޗްޕީއޭ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

26 ސެޕްޓެމްބަރު 2026، 04:31

26 ސެޕްޓެމްބަރު 2026، 04:31

ގެނބުމުގެ ހާދިސާތަކުން ރައްކާތެރިވުމާއި ކަނޑުގައި ހިނގާ ހާދިސާތަކަށް ސަމާލުވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ "ޑްރައުނިންގ ޕްރިވެންޝަން ޑޭ" އާ ގުޅުވައިގެން ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތް ބާއްވާފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ދިރާގު އޮފީސް ފަހަތުގައި އޮންނަ އަތިރިމަތީގައެވެ. 

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އާންމުންނާ ސީދާ ބައްދަލުކޮށް، މޫދަށް އެރުމާއި ފެނުގެ ހަރަކާތްތަކުގައި ސަމާލުވާންވީ ކަންކަމުގެ މައުލޫމާތު ދިނުމާއި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ހުނަރުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.



މި ހަރަކާތުގެ ތެރެއިން މޫދު ކުޅިވަރުތަކާއި، ފުރާނަ ސަލާމަތްކުރުމުގެ ހުނަރުތައް ދައްކުވައިދިނުމާއި، އަސާސީ ފަސްޓް އެއިޑް އަދި ސީޕީއާރު ދޭނެ ގޮތުގެ ތަމްރީނުތަކާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން މޫދުގެ ނުރައްކާތަކަށް ހޭލުންތެރިކުރުވުމާއި، ބެލެނިވެރިން މޫދުގައި ކުދިން ބެލެހެއްޓުމުގައި ސަމާލުވާންވީ ކަންކަމާ ބެހޭ މައުލޫމާތު ދިނުން ވެސް ކުރިއަށްދިޔައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތުގައި ޑަބްލިއުއެޗްއޯ، ހުޅުމާލެ ހޮސްޕިޓަލް، އެޗްޑީސީ، އެމްއެންޑީއެފް، މޯލްޑިވްސް ރެޑް ކްރެސެންޓް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން މޯލްޑިވްސް ސުވިމިންގ އެންޑް ލައިފްސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލުން ވަނީ ބައިވެރިވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450