ދުނިޔެ

އެމެރިކާއާއެކު ކުރާ މަޝްވަރާތަކަށް އިތުބާރެއް ނެތް: އީރާނުގެ ރައީސް

އެމެރިކާއާއެކު ކުރާ މަޝްވަރާތަކަށް އިތުބާރެއް ނެތް: އީރާނުގެ ރައީސް

އިރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ސެޕްޓެމްބަރު 2026، 02:27

27 ސެޕްޓެމްބަރު 2026، 02:27

އެމެރިކާއާއެކު ކުރިން ކުރެވުނު މަޝްވަރާތަކަށްފަހު ވެސް ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަމަލާތައް ކުރިމަތިވެފައިވާތީ، އެ ގައުމާއެކު ދެން ކުރިއަށްގެންދާ މަޝްވަރާތަކަށް އެއްވެސް އިތުބާރެއް ނެތް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

 އެމަނިކުފާނު މިހެން ވިދާޅުވީ އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އީރާނުގެ ރައީސް ވިދާޅުވީ، "ހަނގުރާމަ ހުއްޓާލުމަށް ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅާފައިވީ ނަމަވެސް، އެމެރިކާގެ ފަރާތަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި، އެއްބަސްވުމަކަށް އާދެވޭނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ވެސް ނޭނގޭ" ކަމަށެވެ.

އަދި މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ގަތަރާއި ޕާކިސްތާނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އީރާނުން އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ތެލުގެ ވިޔަފާރިއަށް ހުރަސްނޭޅުމަށާއި، ފްރީޒްކޮށްފައިވާ 12 ބިލިއަން ޑޮލަރު ދޫކޮށްލުމަށެވެ. މީގެ ބަދަލުގައި، ހަނގުރާމަ ފެށުނުފަހުން ބަންދުކޮށްފައިވާ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލައި، ހަތްވަނަ ދުވަހު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާ ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅޭގޮތުން ޕެޒެޝްކިއާން ވިދާޅުވީ، އެއީ އީރާނަށް ދަތުރުފަތުރުގެ މަގުތައް އެމެރިކާއިން ބަންދުކުރުމުން އެކަމަށް ދިން ގުދުރަތީ ރައްދެއް ކަމަށެވެ. އަދި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބޭރުގެ "ފުލުހެއް" ބޭނުން ނުވާ ކަމަށާއި، ގައުމުތައް ގުޅިގެން ސުލްހަ ގާއިމުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450