ދުނިޔެ

އުންރުވާއާ ގުޅިގެން މަސައްކަތް ނުކުރަން ނިންމުމުން ހަމާސްއިން އެކަން ކުށްވެރިކޮށްފި

އުންރުވާއާ ގުޅިގެން މަސައްކަތް ނުކުރަން ނިންމުމުން ހަމާސްއިން އެކަން ކުށްވެރިކޮށްފި

ޣައްޒާގައި ހިންގާ އުންރުވާގް ސްކޫލެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ސެޕްޓެމްބަރު 2026، 05:23

27 ސެޕްޓެމްބަރު 2026، 05:23

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އުންރުވާ) އާއެކު މަސައްކަތް ނުކުރުމަށާއި، ޣައްޒާގައި އެ އެޖެންސީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ބުނެ 'ބޯޑް އޮފް ޕީސް' އިން ނިންމި ނިންމުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ހޮނިހިރު ދުވަހު ވިދާޅުވީ އެމެރިކާއިން އިސްނަގައިގެން އުފައްދާފައިވާ މި ބޯޑުގެ ނިންމުމަކީ އިސްރާއީލުގެ މަގްސަދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

 އަދި މީގެ މައިގަނޑު ބޭނުމަކީ އުންރުވާގެ މަސައްކަތްތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން ހުއްޓުވުމާއި، ފަލަސްތީނުގެ ރައްޔިތުން އެނބުރި ވަޒަނަށް އައުމުގެ ހައްގު ނިގުޅައިގަތުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޯޑް އޮފް ޕީސް އިން ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ބޯޑުން މަސައްކަތް ކުރާނީ ހަމައެކަނި އިތުބާރު ހުރި ޕާޓްނަރުންނާ އެކުގައި ކަމަށާއި އުންރުވާއަކީ އެ މިންގަނޑުތަކަށް ފެތޭ އެޖެންސީއެއް ނޫން ކަމަށެވެ. މިކަމަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށާއި އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅައި، އުންރުވާއާ ދެކޮޅަށް މިފަދަ ހަރުކަށި ވިސްނުމެއް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން، އުންރުވާގެ ކުރީގެ ވެރިޔާ ފިލިޕް ލަޒާރިނީ ވަނީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ދިރިނޫޅެވޭނެ ހާލަތަކަށް ކަންކަން ގެންދިއުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމަށާއި، ބޯޑް އޮފް ޕީސް އިން އެކަށީގެންވާ ގޮތެއްގައި އެހީ ފޯރުކޮށްދިނުމުގެ ޒިންމާ އަދާނުކުރާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ޣައްޒާގެ ބޯޑަރުތައް ހުޅުވައި، މި ފިނި މޫސުމުގައި އެހީގެ ސާމާނު އެތެރެކުރުމަށް ގޮވާލައްވާފައެވެ.

މި ދަނޑިވަޅުގައިވެސް އިސްރާއީލުން ޣައްޒާއަށާއި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން ހަތް މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450