ދުނިޔެ

ރޭޕްގެ މައްސަލައެއްގެ ހަމަނުޖެހުމާ ގުޅިގެން އިންޑިއާގެ ޔުނިވާސިޓީއެއް ބަންދުކޮށްފި

ރޭޕްގެ މައްސަލައެއްގެ ހަމަނުޖެހުމާ ގުޅިގެން އިންޑިއާގެ ޔުނިވާސިޓީއެއް ބަންދުކޮށްފި

އިންޑީއާގައި ކުރިއަށްދިޔަ މުޒާހަރާއެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ސެޕްޓެމްބަރު 2026، 01:26

29 ސެޕްޓެމްބަރު 2026، 01:26

އިންޑިއާގެ ޕަންޖާބް ސްޓޭޓުގައި ހުންނަ ޔުނިވާސިޓީއެއްގެ ކެމްޕަސް ތެރޭގައި އަންހެން ދަރިވަރަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއްގައި ފެށުނު ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ޔުނިވާސިޓީގެ ކިޔެވުން 10 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލައިފިއެވެ.

ނަމަވެސް، ޔުނިވާސިޓީގެ އޮފިޝަލުން ވަނީ އެފަދަ ހާދިސާއެއް ހިނގި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޕަންޖާބުގެ ފަގްވާރާގައި ހުންނަ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާތައް ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވުމާ ގުޅިގެން މިޑްޓާމް އިމްތިހާނުތައް ވެސް ފަސްކޮށްފައިވާ ކަމަށެވެ. އަދި ބޭނުންވާ ދަރިވަރުންނަށް އަމިއްލަ ރަށްރަށަށް ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، ކެމްޕަހުގައި މަޑުކުރާ ދަރިވަރުން ސަލާމަތީ ގޮތުން ހޮސްޓެލްތަކުން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުގައި ބުނެފައިވަނީ އަންހެން ދަރިވަރަކު ރޭޕްކޮށްފައިވާ ކަމަށާއި، އަދި ބައެއް ފަރާތްތަކުން އެ ދަރިވަރު އަމިއްލައަށް މަރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އިންޑިއާ ޓުޑޭ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އަނިޔާ ލިބުނު ކަމަށް ބުނާ ދަރިވަރަކީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

އާދީއްތަ ދުވަހު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ޔުނިވާސިޓީގެ ތަކެއްޗަށާއި އުޅަނދުތަކަށް އަދި ފުލުހުންގެ ވެހިކަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ދަރިވަރުން ވަނީ ކައިރީގައި އޮތް ހައިވޭއެއް ވެސް ބަންދުކޮށްފައެވެ. ޔުނިވާސިޓީގެ ރެޖިސްޓްރާ މޮނިކާ ގުލާތީ ވަނީ ރޭޕްގެ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ޔުނިވާސިޓީގެ އަގު ވައްޓާލަން ރާވައިގެން ފަތުރާ ދޮގު މައުލޫމާތުތަކެއް ކަމަށް ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ އިންޑިއާގެ ވެރިރަށް ދިއްލީ އާއި ކައިރި ސަރަހައްދުތަކުގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާތީ ސުޕްރީމް ކޯޓުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ކޮންމެ ދުވަހަކު 80 އަށް ވުރެ ގިނަ ރޭޕްގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450