ދުނިޔެ

އިންތިޚާބު ކައިރިވަމުން އަންނައިރު، ޣައްޒާގެ ރައްޔިތުން އެދެނީ ވަޒީފާއާއި ރައްކާތެރިކަމަށް

އިންތިޚާބު ކައިރިވަމުން އަންނައިރު، ޣައްޒާގެ ރައްޔިތުން އެދެނީ ވަޒީފާއާއި ރައްކާތެރިކަމަށް

ދެއިރް އަލްބަލްޚްގެ އޮފީސް. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޮކްޓޯބަރު 2026، 10:11

04 އޮކްޓޯބަރު 2026، 10:11

ފަލަސްޠީނުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ޣައްޒާގެ ރައްޔިތުން ކެންޑިޑޭޓުންގެ ފަރާތުން އެދެނީ ވަޒީފާގެ ފުރުޞަތުތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް އަލްޖޒީރާއިން ރިޕޯޓްކޮށްފިއެވެ.

މިއީ 2006 ވަނަ އަހަރަށްފަހު ފަލަސްޠީނުގައި ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ ފުރަތަމަ އިންތިޚާބެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމާއި ހަނގުރާމައިގެ ސަބަބުން އިޤްތިޞާދު އެއްކޮށް ހަލާކުވެ، ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ ގާތްގަނޑަކަށް 80 އިންސައްތައަށް އަރާފައެވެ. ނަރުސްކަމުގެ ދާއިރާއިން ދަސްވެނިވެ، އިންޓަނެޓް ކާޑު ވިއްކާ ފިހާރައެއްގައި މަސައްކަތްކުރަމުންދާ އުމުރުން 24 އަހަރުގެ އަޙްމަދު މުޙްސިން ބުނިގޮތުގައި އޭނާ އެދެނީ ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާގެ ދަތިކަމާއި، ގެދޮރާއި، ތަޢުލީމާއި ޞިއްޙީ މައްސަލަތަކަށް ކެންޑިޑޭޓުން ޙައްލު ހޯދައިދިނުމެވެ.

"އަޅުގަނޑު އެންމެ ފުރަތަމަވެސް ބޭނުންވަނީ އާއިލާއަށް ޚަރަދުކުރެވޭނެ އެކަށީގެންވާ އާމްދަނީއެއް ލިބޭ ދާއިމީ ވަޒީފާއެއް. ދެވަނަ ކަމަކީ ރައްކާތެރިކަން،" މުޙްސިން ބުންޏެވެ.

ހަނގުރާމައިގެ ސަބަބުން ގެދޮރާއި ވިޔަފާރި ގެއްލި، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވާ ރައްޔިތުންގެ މައިގަނޑު އުންމީދަކީ ޣައްޒާ އަލުން އާރާސްތުކުރުމާއި، ޤައުމަށް ހަމަޖެހުމާއި އަމާންކަން ލިބުމެވެ. ޣައްޒާގެ ގިނަ ރައްޔިތުން ދެކޭގޮތުގައި 20 އަހަރު ވަންދެން ހަނގުރާމައާއި ހަލާކުގެ ތެރޭގައި ތިބި ޒުވާނުންނާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނުގެނެސްދެވޭނަމަ އިންތިޚާބަކުން ކުރާނެ ފައިދާއެއް ނެތެވެ.

ފަލަސްޠީނުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން ހުޅަނގު އައްސޭރިއާއި، އިރުމަތީ ޤުދުސް އަދި ޣައްޒާގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ޣައްޒާއިން 1.24 މިލިއަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ނަމަވެސް، ޣައްޒާގެ ބޮޑުބައި ސުންނާފަތިވެފައިވުމާއި ގިނަ ބަޔަކު ރެފިއުޖީންނަށް ވެފައިވުމުގެ ސަބަބުން ލޮޖިސްޓިކަލް އަދި ސަލާމަތީ ގޮންޖެހުންތައް ހުރިކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ސިޔާސީ މާހިރުން ފާހަގަކުރާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ލިބުނު ބޮޑެތި ގެއްލުންތަކަށްފަހު، ރައްޔިތުން މިހާރު ސިޔާސީ ލީޑަރުންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި ސިޔާސީ ޝިޢާރުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ޣައްޒާ އަލުން އާރާސްތުކޮށް، ޢާންމު ދިރިއުޅުމަކަށް ރުޖޫޢަވުމުގެ މަގު ފަހިކޮށްދިނުމަކީ ލީޑަރޝިޕްގެ އެންމެ އިސް ވާޖިބު ކަމުގައި ރައްޔިތުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450