ދުނިޔެ

އިސްރާއީލު ސިފައިން ފަލަސްޠީނުގެ 3 މީހަކު ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި

އިސްރާއީލު ސިފައިން ފަލަސްޠީނުގެ 3 މީހަކު ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި

އިސްރާއީލު ސިފައިން.. ގަތަރުނިއުސްއެޖެންސީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 އޮކްޓޯބަރު 2026، 04:47

05 އޮކްޓޯބަރު 2026، 04:47

އިސްރާއީލު ސިފައިން ހެބްރޯން ކައިރިން ފަލަސްޠީނުގެ 3 މީހަކު ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފިއެވެ.

ހުޅަނގު ކަރައިގެ ހެބްރޯން ކައިރިން އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން ޒުވާނަކު ޒަޚަމްވެއްޖެ ކަމަށް އަލް ޖަޒީރާއިން މިއަދު ރިޕޯޓްކޮށްފައިވެއެވެ.

އަލް ޖަޒީރާއިން ހާމަކުރާ ގޮތުގައި، އިސްރާއީލު ސިފައިން ބަޑި ޖަހާފައިވަނީ ހެބްރޯންގެ އިރުމަތީގައިވާ ބަނީ ނާއިމް އަވަށައް ވަންނަ ދޮރާށި ކައިރީގައި އޮތް ކާރަކަށް އަމާޒުކޮށެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލަންސް ކުރޫއަށް އެ ސަރަހައްދަށް ގޮސް ޒަޚަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އަޅާފައެވެ.

މި ހަމަލާގައި ޒަޚަމްވި ތިން ޒުވާނުންނަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ސާފެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި އިސްރާއީލު އަސްކަރިއްޔާއިން ހުޅަނގު ކަރައިގެ ރަށްތަކާއި ރެފިއުޖީ ކޭމްޕުތަކަށް ވަދެގަނެ ހިންގާ ހަމަލާތަކާއި ރޭޑްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިސްރާއީލުން މިއީ ސެކިއުރިޓީ އޮޕަރޭޝަންތަކެއް ކަމަށް ބުނި ނަމަވެސް، މީގެ ސަބަބުން އާންމު ރައްޔިތުންގެ ގިނަ ބަޔަކު މަރުވެ، އިމާރާތްތަކާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450