ދުނިޔެ

ހުޅަނގު އައްސޭރީގައި ހަމަލާތަކެއްދީ ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި ހަމަލާތަކެއްދީ ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ހުޅަނގު އައްސޭރީގެ މަގެއްގައި ހަތިޔާރާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޮކްޓޯބަރު 2026، 10:47

06 އޮކްޓޯބަރު 2026، 10:47

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިޒްރޭލު ސިފައިންނާއި ވަޒަންވެރިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

ހޯމަ ދުވަހު ޚަލީލް (ހެބްރޮން) ގެ އިރުމަތީގައި އޮންނަ ބަނީ ނައީމް ކައިރިން ތިން ފަލަސްތީނު މީހުން ދަތުރުކުރި ކާރަކަށް އިޒްރޭލު ސިފައިން ވަނީ ބަޑީގެ ހަމަލާ ދީފައެވެ. އިޒްރޭލު އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ކާރު ވަނީ ސިފައިންގެ ވެހިކަލެއްގައި ޖެހިފައެވެ. މި ހާދިސާގައި އެކަކު ޝަހީދުވެ، އިތުރު ދެ މީހަކު ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ކަށަވަރުކޮށްދެއެވެ.

ފަލަސްތީނުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އެފެއާޒުން ހާމަކުރި ގޮތުގައި މި ހާދިސާގައި ޝަހީދުވެފައި ވަނީ އުމުރުން 38 އަހަރުގެ ހުސާމް އަލާއްދީން އަބްދުލްޖައްބާރު ވަލަދު އަލީއެވެ. އަދި އިޒްރޭލު ސިފައިން އޭނާގެ ހަށިގަނޑު ހިފަހައްޓާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން ރާމަﷲ ކައިރީގައި އޮންނަ ރާމޫން އަވަށުގައި ހިނގި ހާދިސާއެއްގައި، އަހްމަދު މަޒިން ކަހްލާ ނަމަކަށް ކިޔާ މީހަކަށް އިޒްރޭލު ސިފައިން ބަޑިޖަހައި ފުރާނައަށް ނުރައްކާވާ ވަރަށް ވަނީ ޒަޚަމްކޮށްލާފައެވެ. އިޒްރޭލު ސިފައިން ބުނީ އެ ސަރަހައްދުގައި ވެހިކަލެއްގައި އަލިފާން ރޯކޮށްލައި، ވަޅިއެއް ހިފައިގެން އުޅުނު މީހަކު ހިމެނޭހެން ދެ މީހަކު ހަރަކާތްތެރިވި ކަމުގެ ރިޕޯޓާ ގުޅިގެން ސިފައިން އެތަނަށް ދިޔަ ކަމަށެވެ.

ހަމައެއާއެކު، ޖެނީންގެ ހުޅަނގު ދެކުނުގައި އޮންނަ އިމްރީހާ ސަރަހައްދުގައި ޔަހޫދީ ވަޒަންވެރިން ދިން އަނިޔާވެރި ހަމަލާތަކެއްގައި ތިން މީހަކު ވަނީ ޒަޚަމްވެފައެވެ. ފަލަސްތީނު ރެޑް ކްރެސެންޓުން ބުނި ގޮތުގައި އަނިޔާވި މީހުންނަށް ފަރުވާދީ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އަނަދޯލޫ ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި މީގެ ތެރެއިން އެކެއްގެ ފައި ބިނދި، އަނެއް މީހާގެ އަތަށް އަނިޔާވެފައިވާއިރު، ދޮށީ އުމުރުގެ މީހަކަށް އަނިޔާކޮށް ޕެޕަރ ސްޕްރޭ ވަނީ ޖަހާފައެވެ.

ފަލަސްތީނިއަން ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ދިން 14،742 އަށް ވުރެ ގިނަ ހަމަލާތަކުގައި ފަލަސްތީނުގެ 66 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި 147،111 ގަސް ހަލާކުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 100،485 ޒައިތޫނި ގަސް ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450