ދުނިޔެ

އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީފި

އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީފި

ހަލާކުވެފަައިވާ ޣައްޒާ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 06:45

07 އޮކްޓޯބަރު 2026، 06:45

އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ. އިސްރާއީލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން މި ހަމަލާތަކެއްގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ވޮލަންޓިއަރަކު ހިމެނޭހެން ފަލަސްތީނުގެ މަދުވެގެން 4 މީހަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފައެވެ.

މެޑިކަލް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އުތުރު ޣައްޒާގެ ބައިތު ލާހިޔާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރިން ޒަހަމްވި މީހުންނަށް އެހީތެރިވުމަށް ދަތުރުކުރަމުން ދަނިކޮށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެފައިވަނީ ޕަލަސްތީނިއަން ސިވިލް ޑިފެންސްގެ ރެސްކިއު ވޮލަންޓިއަރެއް ކަމަށްވާ މުހައްމަދު ތަމޫސްއެވެ.

މީގެ އިތުރުން ދެކުނުގެ ހާން ޔޫނިސްއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އުމުރުން 60 އަހަރުގެ ހިޝާމް އިބްރާހިމް އަބޫ މުސްތަފާ ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ނާސިރު ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ހާން ޔޫނިސްގެ ދެކުނުގައިވާ ޤީޒާން އަބޫ ރަޝްވާން ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި 17 އަހަރުގެ ކުއްޖަކު ޝަހީދުވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ތުރުކީގެ އަނަދޯލޫ ނޫސް އެޖެންސީން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު، މިދިޔަ މަހު ހާން ޔޫނިސްގެ އިރުމަތީ ފަރާތަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމްވި ފުރާވަރުގެ ފިރިހެން ކުއްޖަކު ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އަދި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ އަލްއަމަލް އަވަށުގެ ޓެންޓުތަކަށް އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި އަންހެން ކުއްޖަކު ވަނީ ޒަހަމްވެފައެވެ.

ހަމަލާތަކުގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ހާން ޔޫނިސްގެ އިރުއުތުރާއި އިރުމަތީ ސަރަހައްދުތަކުގައި އިމާރާތްތައް ތަޅާލުމުގެ ދެ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި ޣައްޒާ ސިޓީގެ ތުއްފާހު އަވަށުގެ އިރުމަތީ ފަރާތުގައިވެސް އިމާރާތްތައް ތަޅާލުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

2023 އޮކްޓޫބަރު 7 ގެ ފަހުން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 74,245 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450