ދުނިޔެ

ނޯބަލް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް އަނެއްކާ ވެސް ރަތަށް

ނޯބަލް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް އަނެއްކާ ވެސް ރަތަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޮކްޓޯބަރު 2026، 06:55

10 އޮކްޓޯބަރު 2026، 06:55

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާ ވެސް ރަތަށް އަރައިފިއެވެ.

ޓްރަމްޕަށް ނޮބެލް ސުލްހައިގެ އިނާމު ނުލިބުމާއި ގުޅިގެން ހުރި ޝަކުވާތައް ހުކުރު ދުވަހު އޭނާ ވަނީ ތަކުރާރުކޮށްފައެވެ. އަދި އެއީ ނޮބެލް ކޮމިޓީ ނިސްބަތްވާ ނޯވޭގެ އަގުވެއްޓިގެންދިޔަ، ލަދުވެތި، ދަށު ދަރަޖައިގެ ނިންމުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ޓްރަމްޕް ނޯވޭއަށް މިފަދަ ހޫނު ބަސްތަކެއް ރައްދުކޮށްފައި ވަނީ، ޣައްޒާގައި އިސްރާއީލުން ގަތުލުއާންމު ހިންގި ކަމަށް ނިންމި އދ. ގެ ރިޕޯޓް އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ނަވީ ޕިއްލޭއަށް މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ދިނުމަށް ކޮމިޓީން ނިންމިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ނިއުޔޯކްގެ ސިރަކޫސްގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ ޕިއްލޭ އަކީ "ކާކުކަން ނޭނގޭ މީހެއް"ގެ ގޮތުގައި ސިފަކޮށް، އެމީހާގެ ނަން ދުވަހަކު ވެސް ނާހާ ކަމަށާއި، އެއްވެސް މީހަކަށް އެއީ ކާކުކަން ނޭނގޭ ކަމަށް ބުނެފައެވެ.

ރިޔާސީ ދައުރުގެ ކޮންމެ އަހަރަކުވެސް އެ އިނާމު ނުލިބުމުން މާޔޫސްކަން ފާޅުކުރަމުން ގެންދިޔަ ޓްރަމްޕް ބުނީ، މިއީ ނޯވޭ އަށާއި، މިފަދަ ލަދުވެތި އަދި ދަށު ދަރަޖައިގެ ނިންމުމެއް ނިންމި މީހުންގެ މައްޗަށް ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަޅު ލައްގަނޑެއް ކަމަށެވެ.

އެއްވެސް ހެއްކެއް ދެއްކުމެއް ނެތި، ޓްރަމްޕް ވަނީ އޭނާ ހައްލުކޮށްދިން ކަމަށް ދައުވާކުރާ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ޓްރަމްޕް ބުނީ އޭނާ ވަނީ ގިނަ ހަނގުރާމަތަކެއް ފެށުނަނުދީ ހުއްޓުވުމަށް އެހީތެރިވެދީފައި ކަމަށެވެ.

މީގެއިތުރުން ޓްރަމްޕް ބުނީ، ޑިމޮކްރަސީއާ ދެކޮޅު، އަސްލު ތަހުޒީބުގެ ދުޝްމަނުންގެ ގޮތުގައި ތިބި މަދު ހައްދުފަހަނައެޅި ފިކުރުތަކެއްގެ ބަޔަކު ނޮބެލް ސުލްހައިގެ އިނާމުގެ އަގު ދާއިމަށް ވައްޓާލާފައިވާ ކަމަށެވެ. އަދި ނޯވޭއިން ނިންމި މި ނިންމުން އެމެރިކާއިން ދުވަހަކު ވެސް ހަނދާން ނައްތައިނުލާނެ ކަމަށް އޭނާ ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450