ދުނިޔެ

އިސްރާއީލުގެ މެޑިކަލް އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް ގޮވާލައި އަޑުއުފުލައިފި

އިސްރާއީލުގެ މެޑިކަލް އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް ގޮވާލައި އަޑުއުފުލައިފި

ހައްޔަރުކޮށްފައިވާ ޣައްޒާގެ ޑޮކްޓަރުން ދޫކޮށްލުމަށް ގޮޮވާލާ ބޭއްވި އެއްވުމެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޮކްޓޯބަރު 2026، 02:37

11 އޮކްޓޯބަރު 2026، 02:37

ވޯލްޑް މެޑިކަލް އެސޯސިއޭޝަން (ޑަބްލިއުއެމްއޭ) ގެ މެންބަރުކަމުން އިސްރާއީލީ މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ސަސްޕެންޑްކުރުމަށް ގޮވާލައި، އެތައް ސަތޭކަ ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންނެއް ނެދަލެންޑްސްގެ ރޮޓަރޑަމްގައި މުޒާހަރާކޮށްފިއެވެ.

ރޮޓަރޑަމްގައި ކުރިއަށްދިޔަ ޑަބްލިއުއެމްއޭގެ ސަމިޓް ބާއްވާ އިމާރާތުގެ ބޭރުގައި ހޮނިހިރު ދުވަހު ބޭއްވި މި އިހުތިޖާޖުގައި، 81 ސިއްހީ ޚިދުމަތްތެރިއަކު ވަނީ އެމީހުންގެ ޔުނިފޯމް (ސްކްރަބްސް) ބާލައި، އިސްރާއީލުގެ ބަންދުގައި މިހާރު ތިބި ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިންގެ ނަންތައް ޖަހައިގެން އެތަކެތި އެލުވާފައެވެ. މި ހަރަކާތް އިންތިޒާމުކުރި "އައިއެމްއޭ އައުޓް!" ކޯލިޝަނުން ބުނި ގޮތުގައި، މިއީ ޑަބްލިއުއެމްއޭގެ މެޑިކަލް އެތިކްސް ކޯޑާ އިސްރާއީލުން ޚިލާފުވަމުންދާއިރުވެސް އެ އެސޯސިއޭޝަނުގެ މެންބަރުކަމުގައި ދަމަހައްޓާތީ ކުރި އިހުތިޖާޖެކެވެ.

އައިއެމްއޭ އައުޓް ކެމްޕޭނުގައި ބައިވެރިވި ޑޮކްޓަރެއް ކަމަށްވާ މެޖްރެމް އަހުމެތާޖް ވިދާޅުވީ، އެ ޔުނިފޯމްތަކަކީ ހުސްކޮށް ހުންނަންޖެހޭ އެއްޗެއް ނޫން ކަމަށާއި، ފަލަސްތީނުގެ ޑޮކްޓަރުން ތިބެންވާނީ އިސްރާއީލުގެ ޖަލުތަކުގައި ނޫން ކަމަށާއި ބަލިމީހުންގެ ޚިދުމަތުގައި ކަމަށެވެ. އަދި އައިއެމްއޭއިން ފަލަސްތީނުގެ ސިއްހީ ނިޒާމު ހަލާކުކުރަމުންދާއިރު ހަނުހުރުމުގެ އިތުރުން، އެ ހަމަލާތައް ދިފާއުކޮށް ބައިނަލްއަގުވާމީ ފިޔަވަޅުތަކަށް ހުރަސްއަޅަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މި މުޒާހަރާގެ ތެރެއިން އެ ކޯލިޝަނުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 6,500 އަށްވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ޑަބްލިއުއެމްއޭއަށް ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި ގޮވާލާފައިވަނީ އައިއެމްއޭ ވަގުތުން ސަސްޕެންޑްކުރުމަށާއި، ފަލަސްތީނުގެ ގައިދީންނަށް ކުރާ އަނިޔާތަކާއި ބޭސްފަރުވާގެ އިހުމާލުތަކުގައި އިސްރާއީލުގެ ޑޮކްޓަރުން ބައިވެރިވާ މައްސަލަތައް ބެލުމަށެވެ.

އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 1,700 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ޝަހީދުކޮށްލާފައިވާއިރު، ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް ވަނީ ބިމާ ހަމަކޮށްފައެވެ. އިސްރާއީލުން ހައްޔަރުކޮށްފައިވާ ސިއްހީ ޚިދުމަތްތެރިންގެ ތެރޭގައި ކަމާލް އަދްވާން ހޮސްޕިޓަލުގެ ވެރިޔާ ޑރ. ޙުސާމް އަބޫ ސަފިއްޔާ ހިމެނިވަޑައިގަންނަވައެވެ. ޑޮކްޓަރުން ވަނީ އޭނާއަށް ޖަލުގައި ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލައި، ވަގުތުން ދޫކޮށްލުމަށް ޑިމާންޑްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450